25 - ކެތްތެރިވާށެވެ

ކެތްތެރިކަމަކީ މާތް މީހުންގެ ސިފައެކެވެ. އާދަޔާ ޚިލާފު މީހުންގެ ސިފައެކެވެ. މުއުމިނުންގެ ސިފައެކެވެ. ކެތްތެރިވުމަކީ ހިތްވަރުގަދަކަމުގެ ހެއްކެކެވެ.

ކެތްތެރިންނަކީ ހަގީގަތް ގަބޫލުކުރާ މީހުންނެވެ. ކޮންމެ ކަމަކީ ތިމާގެ ބާރު ފޯރާ ކަމެއް ނޫންކަން ދަންނަ މީހުންނެވެ.

ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރައްވައިފައިވާ ގޮތުގައި މުއުމިނުންނަކީ ރަނގަޅުކަމެއް މެދުވެރިވެއްޖެނަމަ ޝުކުރުވެރިވާ، އަދި ދެރަ ކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވާ މީހުންނެވެ.

ދުނިޔެ ދުށް ކާމިޔާބު މީހުންނަކީ ކެތްތެރިކަން އިސްކުޅަ މީހުންނެވެ. ސައްޔިދުނާ އަބޫބަކުރު ރަޟިޔަﷲ ޢަންހު އާލާސްކަންފުޅާ އޮންނަވަނިކޮށް ބަޔަކު އައިސް ދެންނެވިއެވެ. "ކަލޭގެފާނަށް ފަރުވާކުރާނޭ ޙަކީމަކު ގެންނަންތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. "ޙަކީމަކު އަހަންނަށް ފަރުވާކޮށްފިއެވެ." އެމީހުން ދެންނެވިއެވެ. "އެ ޙަކީމު ބުނީ ކީކޭތޯއެވެ؟" އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "އެ ޙަކީމު އެންގެވީ ތިމަން ﷲ އިރާދަކުރައްވާ ގޮތަކަށް ކަންތައް ކުރައްވާ ކަމުގައެވެ."

މި ބަސްފުޅުގެ މުރާދަކީ ﷲ ތަޢާލާ ވަނީ އެކަލާނގެ މިންވަރުފުޅުގައިވާ ގޮތަށް ކަންތައް ހިނގަމުންދާނެ ކަމަށް އަންގަވައިފައިވާ ކަމުގައެވެ. އެހެންވީމާ އަޅުތަކުންނަށް އޮތީ ޝުކުރުވެރިވުމާއި ކެތްތެރިވުމެވެ.

ކެތްތެރިވުމަކީވެސް ﷲ ތަޢާލާގެ ޙަޟުރަތުން އަންނަ ކަމެކެވެ. އުއްމީދު ކަނޑައިނުލުމާއި ކެތްތެރިވުމަކީ އެތައް ސަވާބެއް ލިބުމުގެ އިތުރަށް ތިމާ އެދޭ ގޮތަށް ކަންތައް ހިންމަވައިދެއްވުމުގައި އެހީތެރިވާ ކަމެކެވެ. މަގު ކިތަންމެ ދަތިވިޔަސް، ކިތަންމެ އަނދިރިވިޔަސް ކެތްތެރިކަން ދޫކޮށްނުލާށެވެ. ކޮންމެ ފަސޭހައެއް އަންނަނީ ދަތި އުނދަގޫ މަރުހަލާތައް ކަޑައްތު ކުރުމަށް ފަހުގައެވެ.

ނޭދެވޭ ކަމެއް މެދުވެރިވީމާ ހިތަށް ހިތި އަސަރުކުރުމަކީ އެކަށިގެންވާ ކަމެކެވެ. އެކަމަކު އެ އަސަރު ދެމެހެއްޓުމަކީ ގެއްލުންހުރި ކަމެކެވެ. އެ އަސަރު ފިލާނީ ކެތްތެރިކަމާއި އުއްމީދުގެ ފޮނިރަހަ އަމިއްލައަށް ލެއްވީމައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.