ދަބަސް ޖަހައިގަތުން
މަގުމަތިން ދިޔަ މީހެއްގެ ދަބަސް ޖަހައިގަނެގެން ފޭރޭ މީހަކު ދުއްވައިގެންފިއެވެ. އެމީހާގެ ދުވެލި ބާރުކަމުން އަތުނުވާނެކަން އެނގުނީމާ ދަބަހުގެ ވެރިމީހާ އަނެއްކޮޅަށް ދުއްވައިގެންފިއެވެ. އެ ދިޔަ ގޮތަށް ގޮސް ވަނީ ގަބުރުސްތާނަށެވެ. އެތަނަށް ވަދެ ގާފޮޅެއްގެ މަތީގައި އިށީނދެއްޖެއެވެ.
މި ފޭރުމުގެ މަންޒަރު ދުށް މީހަކު އެމީހާގެ ފަހަތުން އައިސް ގަބުރުސްތާނަށް ވަދެއްޖެއެވެ. އަދި އެމީހާ ކުރެން އަހައިފިއެވެ. "ދަބަސް ޖަހައިގަތް މީހާ ދޫކޮށްލާފައި އައިސް ގަބުރުސްތާނަށް ވަދެ ތިޔަ އިނީ ކީއްވެގެން ހެއްޔެވެ؟"
އެމީހާ ބުންޏެވެ. "ކޮންމެވެސް ދުވަހަކުން އެކަލޭގެ މިތަނަށް އަންނާނެއެއް ނޫން ހެއްޔެވެ؟"
ވަރަށް މޮޅު ލިޔުންތެރިއެއް
އެޑިޓަރު: މިއީ ވަރަށް ރީތި ވާހަކައެކެވެ. ތިޔައީ ހާދަހާ މޮޅު މީހެކެވެ. މިހައި މޮޅަށް ވާހަކަލިޔާ މީހަކާ މީގެ ކުރިން ދުވަހަކުވެސް ދިމައެއް ނުވެއެވެ.
ލިޔުންތެރިޔާ: (އެޑިޓަރަށް ނުސީދާކޮށް މަލާމާތްކުރުމުގެ ބޭނުމުގައި) ތިޔަ ވާހަކަފުޅުން އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިއްޖެއެވެ. މަނިކުފާނަށް ތިޔަ ކަހަލަ ތާރީފެއް ކުރެވޭނެ ނަމައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.
އެޑިޓަރު: ތިޔައީ މާ ބޮޑު ކަމެއް ނޫނެވެ. އަހަރެންހެން ބޮޑެތި ދޮގު ހަދަން ދަސްކުރާށެވެ.