ވޯޓު ހޯދުން
ވޯޓު ހޯދަން މަސައްކަތްކުރާ ސިޔާސީވެރިޔަކު ވޯޓުދޭ މީހަކުގެ ގާތަށް ގޮސް ބުނެފިއެވެ. "އަހަންނަށް ވޯޓެއް ދެއްޗެވެ."
ވޯޓުދޭ މީހާ ބުންޏެވެ. "މައާފުކުރައްވާށެވެ. އަޅުގަނޑު އޮތީ އެހެން ކެންޑިޑޭޓަކަށް ވޯޓުދޭން ވަޢުދުވެފައެވެ."
ސިޔާސީވެރިޔާ ހީނގެންފައި ބުންޏެވެ. "ތިޔައީ އެވަރުގެ ބޮޑު ކަމެއް ހެއްޔެވެ؟ ސިޔާސީ ދާއިރާގައި ވަޢުދުވުމާއި އެ ވަޢުދާ އެއްގޮތަށް މަސައްކަތް ކުރުމަކީ މުޅީން ދެ ކަމެކެވެ. ވަޢުދު ފުއްދުމަކީ ލާޒިމު ކަމެއް ނޫނެވެ."
ވޯޓުދޭ މީހާ ބުންޏެވެ. "އެންމެ ރަނގަޅެވެ. އަޅުގަނޑު ތިޔަ ބޭފުޅާއަށް ވޯޓުދޭން ވަޢުދުވަމެވެ."
އިނގިރޭސި ލަފުޒު ކުރުކުރުން
އަންހެން މުދައްރިސަކު ކުލާހެއްގައި ކިޔަވައިދެމުން ބުންޏެވެ. "އިނިގރޭސި ބަހުގައި ބަސްބަސް ކުރުކުރާ ގޮތެއް އޮވެއެވެ. މިސާލަކަށް މަމީ ކުރުކޮށް ކިޔާނަމަ ކިޔާނީ މަމް އެވެ. ޑެޑީ ކުރުކޮށް ކިޔާނަމަ ކިޔާނީ ޑޭޑްއެވެ. މިއީ ހައްތަހާވެސް ރަނގަޅު ގޮތްގޮތެވެ."
ދަރިވަރަކު ތެދުވެފައި އަހައިފިއެވެ. "އެހެންވީމާ އަޅުގަނޑު މުދައްރިސަށް މެޑަމްގެ ބަދަލުގައި މޭޑް ކިޔަސް އެންމެ ރަނގަޅުތޯއެވެ؟"