ކުކުޅު ބިހުގެ އަގު
މީހަކު ފިހާރައަކަށް ވަދެފައި އަފައިފިއެވެ. "ކުކުޅު ބިސް ވިއްކަނީ ކިހައި ވަރަކަށް ހެއްޔެވެ؟"
ފިހާރައިގެ ސޭޓު ބުންޏެވެ. "ދެ ރުފިޔާއަށް ބިހެކެވެ."
އެމީހާ ބުންޏެވެ. "ޖެހިގެން އެހެރަ ފިހާރައިން ބުނީ ރުފިޔާއަކަށް ބިހެއް ވިއްކާ ވާހަކައެވެ."
ސޭޓު އަހައިފިއެވެ. "އެހެންވެއްޖެއްޔާ އެ ފިހާރައިން ގަންނަންވީ ނޫން ހެއްޔެވެ؟"
އެމީހާ ބުންޏެވެ. "އެ ފިހާރައިގައި މި ވަގުތަކު ނެތެވެ. ބިސް ހުސްވެއްޖެއެވެ."
ސޭޓު ބުންޏެވެ. "މި ފިހާރައިންވެސް ހުސްވީމާ ރުފިޔާއަކަށް ބިހެއް ވިއްކާނަމެވެ."
ސައިބޯނި ފިހާރަ
އާ ވައްތަރެއްގެ ސައިބޯނި ވިއްކާ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ. ސައިބޯނި އިޝްތިހާރުކޮށް ވިއްކުމަށްޓަކައި ފިހާރައިން ބޭނުންކުރީ ވަރަށް ފައްކާ އުކުޅެކެވެ. ފިހާރައިން ސައިބޯންޏެއް ގަންނަ ކޮންމެ މީހަކަށް ސެޓެފިކެޓެއް ދެނީއެވެ. ވަކި ވަރަކަށް ސެޓްފިކެޓް ހަމަވީމާ ފަރުނީޗަރުގެ ކޮންމެވެސް ބާވަތެއް އިނާމަކަށް ދެނީއެވެ. މިހެން ހެދީމާ ފަތުއަޑުކިޔާފައި ސައިބޯނި ވިކެން ފަށައިފިއެވެ.
އެއް ދުވަހަކު މީހަކު އެ ފިހާރައަށް އައިސް އަހައިފިއެވެ. "މި ގޮތަށް ސައިބޯނި ގަނެގެން އަހަރެންގެ ކޮޓަރިއަށް ބޭނުންވާ ހުރިހައި ފަރުނީޗަރެއް ހަމަކުރެވިދާނެ ހެއްޔެވެ؟"
ސޭޓު ބުންޏެވެ. "ޔަގީނެއް ނޫންތޯއެވެ. މި ފިހާރައިން ވިޔަފާރިކުރި މީހަކު ހަ ކޮޓަރިއަށް ވާވަރަށް ފަރުނީޗަރު ހަމަކުރިއެވެ."
އެމީހާ އަހައިފިއެވެ. "ހަ ކޮޓަރީގެ ފަރުނީޗަރު ހަމަ ހަގީގަތުގައިވެސް މިތަނުން ދިނިން ހެއްޔެވެ؟"
ސޭޓު ބުންޏެވެ. "އަޅުގަނޑުމެންނަށް ދޭން ޖެހުނީ އެއް ކޮޓަރީގެ ފަރުނީޗަރެވެ. އަނެއް ފަސް ކޮޓަރި ފުރެންދެން ހުރީ ސައިބޯންޏެވެ."