ދޮންފަނުގެ ކަރަންޓު މައްސަލަ ހައްލުކޮށްފި

ބ. ދޮންފަނުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އެރަށުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލު ކުުރުމަށް 250 ކޭވީގެ ޖެން ސެޓް އިންސްޓޯލުކޮށްފައިވާ ކަމަށެވެ. އަދި ރަށުގެ ކަރަންޓު ޙިދުމަތަށް ދިމާވި މައްސަލަ މިހާރު ވަނީ އެއްކޮށް ހައްލުކުރެވިފައި ކަމަށެވެ.

އެރަށު އިންޖީނު ގޭގައި ހިންގަމުންދިޔަ ޖަނަރޭޓަރަށް ދިމާވި މައްސަލައަށް މައްސަލަ ޖެހި މުޅި ރަށުން ކަރަންޓު ދިޔައީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އެކަމަށް ވަގުތީ ހައްލެއް ގެނެސް އެދުވަހުގެ 17:15 ގައި މުޅި ރަށަށް ވަނީ ވަގުތީގޮތުން ކަރަންޓު ދީފައެވެ.

އެ މައްސަލަ ދިމާވުމާއި ގުޅިގެން އެ ކުންފުނީގެ ފަރާތުން އެކަން ހައްލުކުރުމުގެ މަސައްކަތް ފަށައި، ހައްލު ހޯދާފައިވީނަމަވެސް ދިމާވި މައްސަލައާ ގުޅޭ ތަފްސީލެއް ހާމަ ކޮށްފައި ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.