ފެނަކައިން ކުޑަގިރީގައި ގާއިމުކުރި އިންޖީނުގެއިން ރަސްމީކޮށް ކަރަންޓު ދޭން ފަށައިފި

ފެނަކަ ކޯޕަރޭޝަނުން ކުޑަގިރީގައި ގާއިމުކުރި އިންޖީނުގެއިން ރަސްމީކޮށް ކަރަންޓު ދޭން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މާލެއަތޮޅު ކުޑަގިރީގައި ގާއިމުކުރި އިންޖީނުގެ ނިންމާ، ނެޓްވޯކަށް ރަސްމީކޮށް ކަރަންޓް ދޭން ފަށާފައިވާ ކަމަށެވެ.

ނެޓްވޯކަށް ރަސްމީކޮށް ކަރަންޓް ދޭން ފެށުން ރަސްމީކޮށް އިފްތިތާހް ކޮއްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ސަރުކާރުން ތަރައްޤީ ކުރައްވަމުން ގެންދަވާ ކުޑަގިރީގައި، އެރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ފެނަކައިން އިމާރާތްކުރި އިންޖީންގެއެކެވެ.

ފެނަކައިން ބުނީ މި އިންޖީނުގޭގައި 350ކވ ގެ ކަރަންޓު އުފެދޭނެ ކެޕޭސިޓީ ހުންނާނެ ކަމަށެވެ. އަދި މިއީ އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު އިމާރާތް ކުރެވިފައިވާ އިންޖީން ގެއެއް ކަމަށެވެ.

މީގެ އިތުރުން މި އިންޖީންގެއާއި އެކު 50,000 ލީޓަރު ގެ ތެޔޮ ރައްކާކުރާ ވަސީލަތް ވެސް ޤާއިމް ކުރެވިފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ އެރަށަށް ބޭނުންވާ ކަރަންޓުގެ 70 އިންސައްތަ އަވިން އުފެއްދޭނެ ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތް ވެސް މިހާރުފަށާފައިވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.