އިންޑިއާގެ ސުޕްރީމް ކޯޓުގެ ނިންމުން ގަބޫލެއް ނުކުރާނަން: ޕާކިސްތާން

މިއަދު އަތު ބޮމުގެ ހަމަލާ ދިން ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ

އިންޑިއާއިން ހިފާފާއިވާ ކަޝްމީރުގެ މައްސަލައިގައި އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި ހުކުމް ބަލައިނުގަންނަ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޖައްމޫއާއި ކަޝްމީރަކީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު ދެބަސްވުން އުފެދިފައިވާ ތަނެއް ކަމަށް މުޅި ބައިނަލްއަގުވާމީ މުޖުތަމައު ގަބޫލުކުރެއެވެ. އެ މައްސަލަ އަލިފިދާލުގެ ސެކިއުރިޓީ ކައުންސިލުގެ އެޖެންޑާގައި އޮންނަތާ މިހާރު ހަތްދިހައަށްވުރެ ގިނަ އަހަރު ވެއްޖެއެވެ. އަލިފުދާލުން ނިންމާފައިވާ ގޮތުގައި ކަޝްމީރުގެ މައްސަލަ ނިންމަންވާނީ ކަޝްމީރުގެ ރައްޔިތުން އެދޭ ގޮތަކަށެވެ. މާނައަކީ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައިގެން ގޮތެއް ނިންމާނީއެވެ. އެއް ގޮތަކީ އިންޑިއާގެ ބަޔަކަށް ކަޝްމީރު ހެދުމެވެ. އަނެއް ގޮތަކީ ޕާކިސްތާނުގެ ބަޔަކަށް ހެދުމެވެ. ތިން ވަނަ ގޮތަކީ އަމިއްލަ ވަކި ގައުމެއްގެ ގޮތުގައި ހަމަޖެއްސެމެވެ. ވޯޓަކަށް ދިއުމަކީ އިންޑިއާ ގަބޫލުކުރާ ގޮތެއް ނޫނެވެ.

ޕާކިސްތާނުން ބުނާ ގޮތުގައި މައްސަލަ މިހެން އޮތުމާއެކު ކަޝްމީރާ މެދު ވަކި ގޮތެއް ކަނޑައަޅައި ނިންމުމަކީ އިންޑިއަށް އެކަނި ކުރެވޭނޭ ކަމެއް ނޫނެވެ. ވަކި ގޮތެއް ނިންމަން ވާނީ ޕާކިސްތާނާއި ކަޝްމީރު ރައްޔިތުންގެ ބަސްވެސް އޮވެގެންނެވެ.

އިންޑިއާގެ ގާނޫނު އަަސާސީގެ ބާރަކީ ޕާކިސްތާނުން ގަބޫލުކުރާ ބާރެއް ނޫނެވެ. އެހެންވީމާ އެ ގާނޫނޫ އަސާސީގެ މައްޗަށް ކަޝްމީރުގެ ކަންތައްތައް ނިންމުމަކީވެސް ޕާކިސްތާނުން ގަބޫލުކުރާނޭ ކަމެއް ނޫން ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

5 އޯގަސްޓް 2019 ވަނަ އަހަރާ ހަމައަށް ކަޝްމީރަކީ އިންޑިއާގެ ސްޓޭޓެއް ނޫނެވެ. އެއީ ވަކިން އޮންނަ ދައުލަތެކެވެ. އެކަމަކު އެ ދުވަހު އިންޑިއާގެ ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނުގައި އެކަމަށް ބާރުދީފައި އޮންނަ މާއްދާ އުވާލައި ކަޝްމީރަކީ އިންޑިއާގެ ސްޓޭޓެއް ކަމަށް ކަނޑައަޅާއިފައެވެ. މިއީވެސް ޕާޚިސްތާނުން ގަބޫލުކުރި ކަމެއް ނޫނެވެ. އަސދި ކަޝްމީރުގެ ރައްޔިތުންވެސް ގަބޫލުކުރި ކަމެއް ނޫނެވެ.

މިހާރު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އަންނަން އޮތް އިންތިޚާބުގައި ކަޝްމީރުގެ އިންތިޚާބު ވެގެން ދާނީ މުޅި އިންޑިއާގެ އިންތިޚާބުގައި ބައިވެރިވާ އިންތިޚާބަކަށެވެ. ކަޝްމީރު ބައިވެރިވާނީ އެހެން ސްޓޭޓްތައް ފަދައިން އެއް އިންތިޚާބެއްގައެވެ. ޕާކިސްތާޏުން ބުނާ ގޮތުގައި މިއީ އެ ގައުމުން ގަބޫލުކުރާނޭ ކަމެއް ނޫނެވެ. ޕާކިސްތާނު އަބަދުވެސް އޮންނާނީ ކަޝްމީރުގެ (ދެފަޅީގެވެސް) ރައްޔިތުންނާ އެކުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.