ކަރަންޓު ބިލް ނުދައްކައިގެން އިންޑިއާގެ ސްޓޭޑިއަމްއަކުން ކަރަންޓް ކަނޑާލާފައިވާތާ 5 އަހަރު ވެއްޖެ

ދުނިޔޭގެ އެންމެ މުއްސަނދި ކްރިކެޓް ބޯޑުން 2009 ވަނަ އަހަރުން ފެށިގެން ރައިޕޫރުގެ ކުރިކެޓު މައިދާނުގެ ކަރަންޓު ބިލު ނުދައްކާކަން ހާމަވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިކެޓު ސްޓޭޑިއަމަށް ދީފައިވާ ކަރަންޓު މީގެ ފަސް އަހަރު ކުރިން ކަނޑާލީ ރައިޕޫރު ދަނޑަށް ދައްކަން ޖެހޭ 3.16 ކްރޯޑް ރުޕީސްގެ ބިލް އިންޑިއާގެ ކުރިކެޓް ކޮންޓްރޯލް ބޯޑުން ނުދެއްކުމުގެ ސަބަބުންނެވެ.

ޗައްތީސްގަޅު ސްޓޭޓްގެ ކްރިކެޓް އެސޯސިއޭޝަންގެ އެދުމުގެ މަތިން ކަރަންޓް ކުންފުނިން އެ ސްޓޭޑިއަމަށް ވަގުތީ ކަރަންޓު ދެއެވެ. މެޗު ކުޅޭ ދުވަސްދުވަހު ބޮކި ދިއްލަނީ އަމިއްލަ އިންޖީނުތައް ބޭނުންކޮށްގެންނެވެ.

އަނެއްކޮޅުން ރައިޕޫރު ރޫރަލް ސާކަލްގެ އިންޗާޖް އަޝޯކް ޚަންޑެލްވާލް ވިދާޅުވީ ސްޓޭޑިއަމަށް ބޭނުންވާ ވަގުތީ ކަރަންޓުގެ މިންވަރު އިތުރު ކުރުމަށް ކްރިކެޓް އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

ކުރިކެޓު ސްޓޭޑިއަމް ހެދުމަށްފަހު އެތަނުގެ މަރާމާތު މަސައްކަތް ކޮންސްޓްރަކްޝަން ޑިޕާޓްމަންޓާ ހަވާލުކުރިއިރު ދެންހުރި މަސައްކަތްތަކަށް ހަރަދު ކުރަން ޖެހުނީ ސްޕޯޓްސް ޑިޕާޓްމަންޓުންނެވެ. ނަމަވެސް ކަރަންޓް ބިލް ނުދައްކައިގެން އެކަމުގެ ޝަކުވާތައް ބޮޑުވުމުން ދެ ޑިޕާޓްމަންޓުން ވެސް އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އިލްޒާމުތައް އަޅުވަމުން ދިޔައެވެ. ކަރަންޓު ބިލް ދައްކާނެ ބަޔަކު ނުވިއެވެ.

ކަރަންޓް ކުންފުނިން އިމާރާތްކުރި އިދާރާއަށާއި ކުޅިވަރާ ބެހޭ މުއައްސިސާއަށާއި ކަމާބެހޭ އެހެނިހެން އިދާރާތަކަށް ތަކުރާރުކޮށް އަންގައި އެތައް ބިލެއް ފޮނުވުމުން ވެސް އެ ބިލުތަކަށް ފައިސާއެއް ނުދައްކައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.