ބޭންކް އޮފް މޯލްޑިވްސް އިން 'ސްޓާފް ޗެރިޓީ ރަން' ބާއްވައިފި

މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ބާއްވާ 'ސްޓާފް ޗެރިޓީ ރަން' ބާއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަންގައި ބޭންކުގެ 100 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ކުދިން ވަނީ ބައިވެރިވެފައެވެ. އަތޮޅު ތެރެއިން 40 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ އެ މުވައްޒަފުން ހިމެނޭ ރަށަކުން މި ދުވުމުގައި ބައިވެރިވެފައެވެ.

ދުވުން ނިންމާލުމަށްފަހު ބޭންކުގެ ފަރާތުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕަރސަންސް ވިތު ޑިސަބިލިޓީގެ( އެމްއޭޕީޑީ) ޕީޑަބްލިއުޑީ ހެލްތު ކޭމްޕް ހިންގުމަށް 50،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އާންމުކޮން އިވެންޓްތައް ބާއްވަމުންނެވެ. ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން އެމްއޭޕީޑީގެ މުހިންމު ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.