އިންޑިއާގައި ސަރުކާރުން ޓެރަރިޒަމް ހިންގާތާ 34 އަހަރު: ކަޝްމީރުގެ 96 ހާސް ރައްޔިތުންޝަހީދު ކޮށްލައިފި

އިންޑިއާ ސަރުކާރުން ފާއިތުވި 34 އަހަރުގެ ތެރޭގައި މެދުކެނޑުމެއްނެތި ހިންގަމުން ގެންދާ ޓެރަރިޒަމްގެ އަމަލުތަކުގައި 96 ހާސް 275 ރައްޔިތުން ޝަހީދުކޮށްފައިވެއެވެ.

އިންޑިއާއިން ގާނޫނާ ޚިލާފަށް ހިފައި އަޅުވެތިކޮށްފައިވާ ޖައްމޫ-ކަޝްމީރުގައި އިންޑިއާ ސިފައިން ވަނީ ފާއިތުވި 34 އަހަރު ތެރޭގައި ޓެރަރިޒަމްގެ އަމަލުތައް މެދުނުކެނޑި ހިންގައި އެކިއެކި އޮޕަރޭޝަންތަކުގައި 2352 އަންހެނުން ހިމެނޭ ގޮތަށް 96 ހާސް 275 ރައްޔިތުން ޝަހީދުކޮށްފައެވެ.

އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު ދުވަހު ކަޝްމީރު މީޑިއާ ސާވިސްގެ ރިސާޗް ޑިޕާޓްމަންޓުން އާންމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ އެ މުއްދަތުގައި އިންޑިއާ ސިފައިން 11،259 އަންހެނުންނަށް އަނިޔާކޮށްފައިވާ ކަމަށެވެ.

ކަޝްމީރުގެ ޙުއްރިޔަތުގެ ލީޑަރާއި އެނޫން އެތައް އަންހެނުން ނިއުދިއްލީގެ މަޝްހޫރު ތިހާރު ޖަލާއި އިންޑިއާއިން ހިފާފައިވާ ޖައްމޫ ކަޝްމީރުގެ އެހެން ޖަލުތަކުގައި ވޭތުވެދިޔަ ފަސް އަހަރު ގަވާއިދާއި ޚިލާފަށް އިންޑިއާ ސަރުކާރުން ބަންދުކޮށްފައިވެ އެވެ.

ކަޝްމީރުގެ ހުރިހާ ޕާޓީއެއް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހިފާފައިވާ ޖައްމޫ-ކަޝްމީރުގެ އަންހެނުން އިންޑިއާ ސިފައިންގެ ޝިކާރައަކަށް ވެފައިވާ ކަމަށެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި ކަޝްމީރުގެ ރައްޔިތުންނަށް ލިބެމުން ދަނީ ކުރިން ނުލިބޭވަރުގެ އަނިޔާއާއި ހިތްދަތިކަމެވެ. މޯދީގެ ވެރިކަމުގައި ކަޝްމީރުގެ ރައްޔިތުންގެ ދީނީ ސިޔާސީ އަދި އިޖުތިމާއީ މިނިވަންކަން ގެއްލި ވަރަށް ބޮޑަށް އަޅުވެތިވެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.