އިސްލާމީ އާދަކާދަތައް ރާއްޖޭގެ މުޖުތަމަޢުގައި އަށަގަންނަވާނަން: ޑރ. މުއިއްޒު

އިސްލާމީވަންތަ އިސްލާމީ އާދަކާދަތައް ރާއްޖޭގެ މުޖުތަމަޢުގައި އަށަގަންނަވާނެކަމުގެ ޔަގޫންކަން އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުން ޕީއެންސީ، ޕީޕީއެމް ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި މުޖުތަމަޢު އަކީ އިސްލާމްދީނަށް  ލޯބިކުރާ ދީނަށް ނަސްރުދޭ ބަޔަކަށް ވާން ކޮންމެ މީހަކުމެ ބޭނުންވާ ކަމަށެވެ.

އެކަން މިއަހަރުގެ ޢީދު ފާހަގަކުރުމަށް މާލެސިޓީ ކައުންސިލުން ހިންގި ހަރަކާތްތަކުން ވެސް ފެނިގެންދިޔަ ކަމަށާއި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކޮންމެ ޢީދެއްގައި ރާއްޖޭގެ ހުރިހައި ސިޓީއަކާއި ވެރިކަންކުރާ ރަށްތަކުގައި ކުލަ ގަދަކޮށް  ޢީދުތައް ފާހަގަކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމުދެކެ ލޯބިވުން އެއީ އުފަލާއި އެކު އަފްރާދުންގެ މެދުގައި ދައްކާ ވާހަކައަކަށް ނިޒާމުގެ ތެރެއިން ހައްދަވާނެ ކަމަށާއި ޤައުމުދެކެ ވާ ލޯތްބާއި ޢަބްޠާލުން ދެކެވާ ލޯބި ހިތުގައި އަށަނުގަނެ ޙަޤީގީ ތަރައްގީއެއް ނުގެނެވޭނެ ކަމަށް ވެސް އިންތިހާބީ ރައީސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޤައުމަށް މިނިވަންކަން ޔަގީންކޮށްދޭން ވަޢުދުވެފައިވާނެ ކަމަށާއި ރައްޔިތުން ވޯޓުދެއްވީ އެކަމަށްޓަކައި ކަަމށެވެ. އަދި 17 ނޮވެމްބަރުގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.