80 ޕަސެންޓާއި 90 ޕަސެންޓް މީހުން ވޯޓު ލާނެ ކަމަށް ބެލެވޭ: ރައީސް

އިންތިހާބުގައި 80 ޕަސެންޓާއި 90 ޕަސެންޓް މީހުން ވޯޓު ލާނެ ކަމަށް ބެލެވޭ ކަމަށް ރައީސުލްޖުމްހޫރޮއްޔާ އިބްރާހިމް މުހައމްަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓު ލުމުގައި ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލެއްވުަމށްފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ކެމްޕޭން ތެރޭގައި ވެސް ފެނިގެން ދިޔައީ ވަރަށް މިނިވަންކަމާއެކީގައި ހުރިހާ ބޭފުޅުންނަށް ކެމްޕޭން ކުރެވޭ މަންޒަރު ކަމަށާއި މިއީ މީގެ ކުރީގެ އިންތިހާބުގައި ނުފެންނަ މަންޒަރެއް ކަމަށެވެ.

ގާނޫނު އަސާސީން ލިބިދީފައި އޮތް ވޯޓު ދިނުމުގެ ހައްގު އެންމެ އަމާނާތްތެރިކަމާއެކު ބޭނުން ހުރިހާ ބޭފުޅުން ވެސް ހިއްޕެވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު، ފަށާފައިވާއިރު، ވޯޓުލުން ކުރިއަށްދާނީ ހަވީރު 4 ޖަހަންދެންނެވެ. ނަމަވެސް 4 ޖަހާއިރު ކިޔޫގައި ތިބި އެންމެންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް 36،163 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ 22،403 ފިރިހެނުންނާއި 13،760 މީހުންކަން ފާހަގަކޮށްލެވެއެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.