އަނާ - 66

(31 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ހެލޯ.... ކޮންމެވެސް އެއްޗެކޭ ބުނުއްވާ އުއްމީދުތަކުގެ ފުރާނަޔާ!"

"ކަ...ކަލާ އަޅުގަނޑުގެ ފުށުން އެދިލައްވަނީ ކޮންކަމަކަށްތޯ؟" ޢާޝީގެ އަޑުގައިވަނީ ބިރުގެންފައިވާ ހުރިކަމުގެ އަސަރެވެ.

"އަޅުގަނޑު ކަލާގެ ފަރާތުން އެއްވެސް އެއްޗަކަށް ނޭދެން..... އަޅުގަނޑު ހަމައެކަނި އެދެނީ ކަލާއަށް ކަލާގެ ސޫރަ އަޅުގަނޑަށް ދައްކަވާ."

"ފެނިލައްވާނީ ކޮން އިރަކުންތޯ؟ ކަލާ ދެކޭހިތުން ދެލޯވަނީ ފެންބޮވައިގެންފައި."

"އަޅުގަނޑަށް ކަލާއަކާ ބައްދަލެއް ނުކުރެވޭނެ."

ކީއްވެގެންތޯ؟ މީހަކަށް އެނގިދާނެތީ.... ދެން

އެހިސާބުން ޡަނާ އޭނާގެ ވާހަކަ މެދުކަނޑުވާލާފައި ބުންޏެވެ.

އެންމެ ރަނގަޅު ޢާޝީ ބުނުއްވާ ބައްލަވ ކަލާވެސް އަޅުގަނޑު ދެކެ ލޯބިވެލައްވަންތަ؟

ލައްބަ.... ޢާޝީ ބުނީ ވަރަށް މަޑުންނެވެ. ކަލާ އަޅުގަނޑުގެ ރޭތަކުގެ ނިދި އަދި ދުވާލުގެ ޤަރާރުކަން ނަންގަވާ ލައްވައިފީމު... މިއީ ރަނގަޅު ކަމެއްނޫން...އެކަމަކު ހަދާނެގޮތެއް އަޅުގަނޑަކަށް ނޭނގެ.

ކަލާ ހައްދަވަން ވީގޮތް އަޅުގަނޑު ވިސްނައިދީފާނަން ކަލާއަށް މިވަގުތު ހޮޓެލް ޑިޕްރާންސްއަށް ދުރުވެ ދެއްވި ދާނެތޯ! އަޅުގަނޑު އެތާނގެ ގޭޓްކައިރިން ކަލާޔާ ބައްދަލުކުރާނަން.

އަޅުގަނޑު ބިރުގަނޭ...

އެއީ ބިރެއްނޫން.... އެއީ ފިނޑިކަން ކަލާ ދުރުވޭ އަޅުގަނޑު މިހުރީ ކަލާއަށް އިންތިޒާރުކޮށްގެން.

އެހެންބުނެފައި ޡަނާ ރިސީވަރ ބާއްވައިފިއެވެ. އަދި ފުން ނޭވާއެއްލާފައި އިންތަނުން ތެދުވަމުން ސީދާ ހޮޓެލް ޑިފްރާންސްއަށް ހިނގައްޖެއެވެ. އޭނާއެތަނަށް ދިޔަތާ ގާތްގަނޑަކަށް ބައިގަޑިއިރުފަހުން ޢާޝީ އަތުވެއްޖެއެވެ.

ޡަނާ އޭނާއާ ބައްދަލުކުރަމުން މިދިޔައީ ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ގޮތެއްގައެވެ. އެތަނަކީ ޢާންމު ތަނަކަށް ނުވާނަމަ ޢާޝީ އޭނާގެ މޭގައި ޖައްސާލީސް ކަންނޭނގެއެވެ.

ޢާޝީތޯއެވެ.

އޭނާވަނީ މުޅީން ރީނދޫ ކުލައަށް ބަދަލުވެފައެވެ.

އޭނާގެ މޫނުމަތިން ފެންނަންހުރީ ބިރުވެރިކަމެވެ.

ޡަނާ އޭނާ އާ ދިމާއަށް ބަލާލާފައި ހީނލިއެވެ. ޢާޝީއަކީ ޒުމައްރަދު ނޫންކަން ޡަނާއަށް ރަނގަޅަށް އެނގެއެވެ. ކޮންމެ ކަމެއް އެއްވެސް ބިރެއްނެތި

ސަފްހާ 332

ކޮށްލާކަށް އޭނާއަކަށް ނުކުރޭނެއެވެ. މިޒަމާނުގެ ގެއެއްގައި ބޮޑުވެގެން އައި އަންހެން ކުއްޖެއް ނަމަވެސް ޢާޝީއަކީ ލަދުގެ ފަރުދާއިން ނިވާވެފައިވާ ކުއްޖެކެވެ. އަދި މިއީ އޭނާގެ ފުރަތަމަ ލޯތްބެވެ. ފުރަތަމަ ލޯބީގައި އަންހެން ކުދިން އެހާ ބިރުކުޑައެއް ވެސް ނުވާނެއެވެ.

ޡަނާ އޭނާ ގޮވައިގެން ހޯލްގެތެރެއަށް ވަދެއްޖެއެވެ. އަދި އެއްކަނެއްގައި ހުރި މޭޒެއްކައިރީގައި ދެމީހުން އިށީނދެއްޖެއެވެ. ބައްލަވާނީ ކޮންއެއްޗެއްތޯ؟

އެކައްޗެއްވެސް ނުބޯނަން.އޭނާ މަޑުމަޑުން ބުންޏެވެ. އަދި ސިއްރު ސިއްރުން ހޯލްތެރެ ބަލަން  ފަށައިފިއެވެ.

ބިރުނުގަނެ އިންނެވޭތޯ ބައްލަވާ ފުރާނަޔާ! މިތާނގައި އެއްވެސް މީހަކަށް ނޭނގޭނެ.

ހަމައެކަނި ވެއިޓަރަށް ގޮވާލާފައި ސައިގެންނަން އޯޑަރކޮށްފިއެވެ. އަދި ޢާޝީގެ ލޮލާދިމާއަށް ބަލަމުން ބުނެލިއެވެ.

އަޅުގަނޑު ކަލާއަށް މިނަންގަންނަ ވާހަކަތައް ރަނގަޅަށް ވިސްނެވުމާއެކު އައްސަވާ އަދި އަޅުގަނޑުގެ ވާހަކަތައް ކިހާހިސާބަކަށް ރަނގަޅުތޯ ބައްލަވާ. ޡަނާ ވާހަކަ މެދުކަނޑުވާލާފައި ލޯބިން ފުރިފައިވާ ބަލާލުމަކުން ޢާޝީއާ ދިމާއަށް ބަލާލިއެވެ. އަދި އޭނާގެ ވާހަކަކުރިއަށް ގެންދިޔައެވެ. ކަލާގެ ބައްޕަ އާއި ބޭބެ އަޅުގަނޑު ދެކެ ބިރުގަނޭ... އަޅުގަނޑު ބޭނުންނަމަ ހުރިހާ ވިޔަފާރިއަކާ ހުރިހާ މުދަލެއް އެމީހުން އަތުން ވަކިކޮށްލެވިދާނެ.ނަމަވެސް އަޅުގަނޑު އެހެންނުހަދާ މިހިރީ ހަމައެކަނި އަޅުގަނޑު ކަލާ ބޭނުންވާތީ... އެމީހުންނަށް އަޅުގަނޑުގެ އެއްވެސް ހުށަހެޅުމަކާ ދެކޮޅު ހަދާކަށް ނުކެރޭނެ.  އަޅުގަނޑު ކަލާ ލިބުމަށް އެދުނު ކަމުގައިވިއަސް އެމީހުން އުފަލުން އާއެކޭ ނުބުނިނަމަ މަޖްބޫރުވެގެންވެސް އާނއެކޭ ބުނަންޖެހޭނެ. މިވިޔަފާރިއާއި މިމުދާތައް އެއީ އަޅުގަނޑު ބޭނުންއެއްޗެއްސެއް ނޫން އަޅުގަނޑު ބޭނުމީ ހަމައެކަނި ....އަދި ހަމައެކަނި..ކަލާ އަޅުގަނޑު ކާމިޔާބު ވަކީލެއް ޢިއްޒަތާއެކު މަސައްކަތް ކޮށްގެން

ސަފްހާ 333

ލިބޭއެއްޗަކުން ކަލާއަށް ކާންދީގެން އަޅުގަނޑަށް އުޅެވިދާނެ ބުނުއްވާ އަޅުގަނޑު އެމީހުންނާ މިވިޔަފާރި ކުރިނަމަވެސް ކަލާއަށް އެންމެ ރަނގަޅުތޯ؟ ކަލާ އިޢްތިރާޒެއް ނުކުރައްވާނަން ދޮގެއްތޯ؟

ކުރައްވަންވީ ކަމެއް ކުރައްވާ ނަމަވެސް އަޅުގަނޑު ދެން ކަލާއާ ބައްދަލުވާކަށް ނާންނާނަން އަޅުގަނޑު މިތަނަށް އައިސްގެން އަޅުގަނޑުގެ ހަށިގަނޑުގައިވާ ލޭގެ ދެބައިކުޅަ އެއްބައި ހިކިއްޖެ. ޢާޝީގެ އަޑުގައި އަދިވެސް ވަނީ ތުރުތުރު އެޅުމެވެ.

ޡަނާ ހީނލާފައި ބުންޏެވެ.

ކަލާ އަޅުގަނޑުދެކެ ލޯބިވެލެއްވީތީ އަޅުގަނޑު ވަރަށް އުފާ ކޮށްފިން. އެހެންނޫނީ އަޅުގަނޑު ހީކޮށްގެންހުރީ ކަލާ އަޅުގަނޑު ދެކެ ނަފްރަތު ކުރައްވާނެ ކަމަށް.

ޢާޝީ ދެލޯމަރާލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ލޯހުޅުވާލާފައި ވަރަށް ލަދުވެތި ނަޒަރަކުން ޡަނާއާ ދިމާއަށް ބަލާލިއެވެ. އަދި ވަރަށް މަޑުމަޑުން ބުނެލިއެވެ.

ކަލާގެ ނަޒަރުތަކުގެ ސިޔާސަކަން މިހާރު ވަރަށް ބޮޑުވެއްޖެ އެހެންވީމާ ކަލާ ކައިރިއަށް އަންނަން އަޅުގަނޑު ބިރުގަންނަނީ. އެތަންވަޅު ވެއިޓަރ ސައިހިފައިގެން އަތުވެއްޖެއެވެ. އަދި އެމީހުން ދައްކަމުން އައިވާހަކައިގެ ސިލްސިލާ ކެނޑިއްޖެއެވެ.

ސައިބޮއި ނިމުމާއެކު ޢާޝީ ބުންޏެވެ.

އަޅުގަނޑު ދެންދާނީ.... އަޅުގަނޑު ބައްޕަ އަޅުގަނޑުގެ ކައިވެނި ކަލާއަށް ދެއްވާނެކަން ޔަޤީންވެލައްވާނަމަ އެކަމަށް މަސައްކަތް ކުރައްވާ އެހެން ނޫނީ...

އެހެންނޫނީ ކިހިނެއްވާނީ؟

އަޅުގަނޑުގެ ތަޤްދީރުގައި ކަނޑައެޅިފައިވާ ގޮތަކަށް އަޅުގަނޑުގެ ދިރިއުޅުމަށް އެންމެ ފުރަތަމަ އައި ފިރިހެނަކީ ކަލާ އަޅުގަނޑު ދިރިއުޅެމުން އައިސްފައިވަނީ ވަރަށް މިނިވަން ގޮތެއްގައި ކަމަށްވިއަސް މިކަހަލަ މަސްރަޙެއް މީގެ ކުރިން ދިމާވެފައެއް ނުވޭ

އޭރު އަދި ކަލާ ބާލިޢު ނުވަނީ ނޫންތޯ؟

ޢާޝީ ވަރަށް ބޮޑަށް ލަދުގަތެވެ. އަދި ބޭއިޙްތިޔާރުގައި ބުނެވުނެވެ. ލަދުކުޑަ...

ދެން ދެމީހުން އެކުގައިހެން ތެދުވެއްޖެއެވެ.

އަދި ޢާޝީ ޓެކްސީއެއްގައި ގެއަށް ހިނގައްޖެއެވެ.

ޡަނާ އެތަނުން އައީ ކުންފުންޏަށެވެ. އޭނާ މިސްރާބުޖެހީ ޚާންއާޞިފްގެ ކޮޓަރިއަށެވެ. އަދި ކޮޓަރީގެ ދޮރުގައި ޓަކި ދިނުމަށްފަހު އަމުރު ލިބިގެން ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. ޚާންއާޞިފް ސިއްސައިގެންގޮސްފައި އޭނާއާ ދިމާއަށް ބަލާލިއެވެ. ޡަނާ މަޑުމައިތިކަމާއެކު އޭނާގެ ކުރިމަތީގައި އިށީނދެއްޖެއެވެ. އަޅުގަނޑު މިއައީ ވާހަކައެއް ނަންގަންނަވެގެން... ކޮންވާހަކައެއް؟ ހާސްވެފައި އިންހެން ހީވޭ!

އަޅުގަނޑުގެ ޒަމީރަށް މިހާރު މާބޮޑަށް ބުރަވީ ޡަނާގެ އަޑުގައިވަނީ ނުކުޅެދުމުގެ އަސަރެވެ.

ތިޔަބުނީ ކީކޭތަ؟ޚާންއާޞިފް ސިހޭގޮތްވިއެވެ. ޡަނާ އޭނާއާ ދިމާއަށް ބަލާލިއެވެ. އަދި ނަޒަރުތިރިކޮށްލިއެވެ. އަދި މަޑުމަޑުން ބުންޏެވެ. އަޅުގަނޑު އަތުގައި މިވާ މުދަލާ އެހެނިހެން ތަކެއްޗަކީ އަޅުގަނޑުގެ އެއްޗެއްސެއްނޫން، އަދި އެއެއްޗެހީގެ މައްޗަށް އަޅުގަނޑުގެ ޙައްޤެއްވެސް ނެތް. އަޅުގަނޑު މިހާރު ރޭގަނޑުގެ ނިދިވެސް ނުލިބޭ އަޅުގަނޑުގެ ޒަމީރު ހުރިހާ ހިނދެއްގައި އަޅުގަނޑަށް މަލާމަތްކުރަނީ.

ޚާންއާޞިފް އޭނާއާ ދިމާއަށް ބަލަމުން ދިޔައެވެ. ހީވާނީ މިއެއް ފުރޮޅިލަން މިއުޅޭ ފަރާތެއް ނޭނގިގެން ވިސްނަން އިނީހެންނެވެ. އަނެއްކާވެސް ޡަނާގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ.

އަޅުގަނޑު މިހާރު އެދެމީ އަޅުގަނޑު އަތުގައިހުރި ހުރިހާ އެއްޗެއް ކަލާ އަލުން އަނބުރާ ގެންދެވުން. އަދި ކުރިއެކޭ އެއްގޮތަށް ކަލާގެ ނޯކަރެއްގެ ގޮތުގައި  އަޅުގަނޑު މިތާނގައި ގެންގުޅުއްވުން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ އަތުގައި ހުރި ހުރިހާ ލިޔުންތައް ކަލާއަށް އަނބުރާދޭން

ސަފްހާ 335

އޭނާގެ ވާހަކަ ހުއްޓާލިއެވެ.

އެތަންވަޅު ޚާންއާޞިފް އަވަސް އަވަހަށް ބުންޏެވެ. އާނ...އާނ... ބުނޭ ހުއްޓާނުލާ، ކަލޭގެ ޒަމީރު އެންމެ ފުރިހަމައަށް ހޭލީކަމަށްވެސް ވެދާނެ.

އެކަމަކު ޒަމީރުގެ މިހޭލުމާއެކު އަޅުގަނޑަށް އަދި އެހެން އުނދަގުލަކާވެސް ކުރިމަތިވެއްޖެ. ޡަނާގެ އަޑުގައި ވަނީ ވަޒަން ނުކުރެވޭފަދަ ހިތާމައާއި ވޭނުގެ އަސަރެވެ. ވާހަކަ ދައްކަމުން ދާއިރު  އޭނާގެ އަޑު ތުރުތުރު އަޅައެވެ.

އަޅުގަނޑު މީހަކާ އިންނަން ބޭނުންވަނީ

ކީކޭ.... އަނާޔާތަ؟ ޚާންއާޞިފް އަވަސް އަވަހަށް ސުވާލުކޮށްލިއެވެ.

އަނާ! ކުރާނެކަމެއްނެތް ގޮތެއްގައި ޡަނާ ބުނެލިއެވެ. އަދި ހީނލުމާއެކު މަޑުމަޑުން ބުންޏެވެ.

އަޅުގަނޑު މީގެ ކުރިންވެސް ކަލާޔަށް ނަންގެންފައިވާނެ. އަޅުގަނޑާ އަނާއާ ދެމެދު އެކަހަލަ ގުޅުމެއް ނޯވެޔޭ.... އަދި އަޅުގަނޑުމެންގެ މެދުގައި އޮތް ގުޅުމުގައި އެކަހަލަ ޖަރާސީމެއް ނޫޅެޔޭ.... އަނާއަކީ އާދަޔާޚިލާފަށް ޑްރައި އަދި ފިރިމީހާއަށް އަޅުކަން ކުރާފާޑުގެ އަންހެނެއް. އަޅުގަނޑާ އޭނަޔާ ދެމެދު ދުވަހަކުވެސް އެކަހަލަ ގޮތަކަށް ވިސްނާލާފައިވެސް ނުވާނެ.

އެހެންވިއްޔާ ދެން....

ދެން އަނެއްކާ ވެސް އަޅުގަނޑާއެކު ވިޔަފާރިއެއް ކޮށްދެއްވާ!

ވިޔަފާރިއެކޭ! ކޮންކަހަލަ ވިޔަފާރިއެއް؟ އަޅުގަނޑު މިހުރީ މިހުރިހާ ވިޔަފާރިން ވަކިވާން ތައްޔާރަށް އަދި ހުރިހާ ލިޔުންތަކެއްވެސް ކަލާއަށް އަނބުރާދިނުމަށްވެސް ތައްޔާރަށް އެކަމަކު އޭނާގެ ވާހަކަ ހުއްޓާލިއެވެ.

އެކަމަކު ކީކޭ؟

އަޅުގަނޑަކީ ކަލާގެ ދަރިއަކަށް ހައްދަވާދެއްވާ! ޡަނާ އެހެންބުނެފައި އިސްޖަހާލައިގެން އިށީނދެއްޖެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.