މުއިއްޒު އަށް ތާއީދު ހޯދުމަށް ޒުވާނުންގެ ސައިކަލު ބުރެއް ބާއްވަނީ

މި މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، މަލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ތާއީދު ހޯދުމަށް ޒުވާނުންގެ ސައިކަލު ބުރެއް ބާއްވަން ނިންމައިފިއެވެ.

ޒުވާނުން އިސްނަގައިގެން ބާއްވާ މި ސައިކަލު ބުރު ބޭއްވުމަށް ނިންމާފައިވަނީ މިއަދު ހަވީރު، މާލޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ސަރަހައްދުން ފަށާ މިސައިކަލް ބުރަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި، ޒުވާނުން ގުޅިގެން  މާލޭގައި ކުރިއަށް ގެންދާ ސައިކަލް ބުރެކެވެ. އަދި މިސައިކަލް ބުރުގައި ބައިވެރިވާން ބޭނުންވާ ވީހާވެސް ގިނަ ޒުވާނުންނަށް އެފުރުސަތު އޮންނާކެމަަށް އެކޯލިޝަނުން އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

މުއިއްޒު އަށް ތާއީދު ހޯދުމަށް އިއްޔެ ހަވީރު ހުޅުމާލޭގައި ވެސް  ވަނީސައިކަލު ބުރެއް ބާއްވާފައެވެ. މިސައިކަލު ބުރުގައި އެތައް ސަތޭކަ ޒުވާނުން ބައިވެރިވިއިރު، މިސައިކަލު ބުރުގައި މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ބައިވެރިވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގެންފި ނަމަ، ރާއްޖޭގެ ތިން ސަރަހައްދެއްގައި ބައިނަލްއަގުވާމީ ރޭސިން ޓްރެކަކާއި ޑްރިފްޓިން ސްޓޭޑިއަމެއް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.