ޕީޕީއެމް ކޯލިޝަނުން ނ. އަތޮޅަށް ކެމްޕެއިން ދަތުރެއް ދަނީ

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް - ފައިލް ފޮޓޯ

ޕީޕީއެމް ކޯލިޝަނުން ނ. އަތޮޅަށް ކެމްޕެއިން ދަތުރެއް ދާން ނިންމައިފި އެވެ.

އެ ކޯލިޝަނުން ބުނީ މި ދަތުރު ދިއުމަށް ނިންމާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެހެންނަމަވެސް މި ދަތުރުގެ ތަފްސީލު އަދި ހާމައެއް ނުކުރެއެވެ.

އެ ކޯލިޝަނުން ނ. އަތޮޅަށް ދާން ނިންމާފައިވާއިރު، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިމަރީގެ ކެމްޕެއިންނަށް އެ މުއްދަތުގެ ތެރޭގައި ނ އަތޮޅަށް ވަޑައިގަތުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމައި، 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާއިރު އިދިކޮޅުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުކުރަމުންނެވެ.

އިދިކޮޅުން ކުރަމުންގެންދާ އިހުތިޖާޖުތަކުގައި ކޮންމެ ރެޔަކުވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރާކަން ފާހަގަކުރެވެއެވެ.

ކެމްޕެއިންގެ ފޯރި ގަދަވެފައިވާއިރު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކެމްޕެއިން ވެސް ވަނީ ފަށާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.