ފެނަކަ އައު އިންޖީނުގެއާ އެކު ގދ. ތިނަދޫ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވައިފި

ފެނަކަ އައު އިންޖީނުގެއާ އެކު ގދ. ތިނަދޫ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވައިފިއެވެ.

އެ ކުންފުނިން ވަނީ ގދ. ތިނަދޫގައި 20 އަހަރުވަންދެން ހިންގަމުން އައި އިންޖީނުގެ ހުއްޓާލައި، އެ ރަށު އައު އިންޖީނުގެ ރަސްމީކޮށްހުޅުވާފައެވެ.

އެރަށުގައި އަލަށް ޢިމާރަތް ކުރި އިންޖީނުގެއާއި އިންޖީނުގޭގެ އޮފީސް ހުޅުއްވައިދެއްވީ ރައީސުލް ޖޫމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

އެންމެ މިޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާ އޮފީސް އިމާރާތާއި ގުޅޭގޮތުން ފެނަކައިން ބުނީ އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ގޮތް ގާއިމުކޮށްފައިވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށެވެ.

އެގޮތުން އައު އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑްކުރެވިގެންދާ ކަމަށާއި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ބުނީ އެރަށުގައި ކުރިން ހުރި ޖެންސެޓުގެ ކެޕޭސިޓީއަކީ 5 މެގަވޯޓު ނަމަވެސް އައު އިންޖީނުގޭގެ ޖެރންސެޓުގެ ކެޕޭސިޓީއަކީ 7.6 މެގަވޯޓު ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.