(14 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"މިއަދު އަޅުގަނޑު މިއައީ ވިޔަފާރިކުރަން ކަލޭގެ އޮފަރު ހަމައޭރުވެސް އޮތްގޮތަށް މިހާރުވެސް އޮންނާނެ ނޫންތޯ؟"
"އާނ... އޮފަރ ހަމައެގޮތަށް އެބައޮތް...ނަމަވެސް މިހާރު މިކަހަލަ އެއްވެސް ވިޔަފާރިއަކާ އަނާ ޤަބޫލު ނޫންކަން އޭނާ ކަލޭގާތުގައި މިހާރުވާނީ ބުނެފައި ކަންނޭނގެ." ޚާންއާޞިފް ބުންޏެވެ.
"އަޅުގަނޑު މިހާރު އޭނާގެ ޝަރީޢަތުން ވަކިވެއްޖައީން ޚާންއާޞިފް! މިހާރު މިކަމުގައިވަނީ ހަމައެކަނި އަޅުގަނޑާއި ކަލޭ ވިޔަފާރި ބަރާބަރަށް ކުރައްވަން ހުންނެވިނަމަ ހުރިހާ ލިޔެކިޔުންތައް އަނބުރާ ދެވިދާނެ."
"ކލޭގެ ފަރާތުން އަހަރެން ޤަސްދުކޮށްގެން މިހިރީވެސް ތިޔަގޮތަށް ތިޔަކަންތައް އަންނާނެކަމަށް އަދި އަހަރެން މިހިރީ އެގޮތަށް ތައްޔާރުވެސް ވެގެން އެހެންވީމާ ބޭރުގައި އެހެރަ ހުރިހާ ކުންފުނިތަކާ ކަލޭ ޙަވާލުވޭ .އެތަންތާނާ އަހަރެންނާ އެއްވެސް ގުޅުމެއްނެތް."
ޘަނާ ހީނލާފައި ބުންޏެވެ.
"ނޫން ޚާންއާޞިފް! އަޅުގަނޑު ތިޔަހާ މޮޔައެއްނޫން އަދި ހަމައެފަދައިން ކަލާއަކީ ވެސް އެހާ ނުވިސްނޭ މީހެއް ނޫން އަޅުގަނޑު ބޭރުގެ ހުރިހާ ކުންފުނިތައް ބަންދު ކޮށްފިކަމާއި އެތަންތާގައި މިހާރު އެއްވެސް ފައިސާއެއް އަދި އެނޫންވެސް އެއްޗެއް ނެތްކަން ކަލާއަށް ރަނގަޅަށް އެނގިލައްވާނެ."
"ދެވަނަ ފަހަރަށް ފެއްޓިދާނެއެއްނު!"
"ނުފެއްޓޭނެ. އަޅުގަނޑު މިއެދެނީ މިކުންފުނީގެ ދެބައިކުޅަ އެއްބަޔަށް."
"އެ ވަރު މާގިނަ...."
ޘަނާ ހީނލާފައި ބުންޏެވެ.
"ހުރިހާ އެއްޗެތި ފެނިއްޖެނަމަ ދެބައި ކުޅައެއްބައި ސަލާމަތް ކުރާށޭ މީހުން ބުނެ އުޅޭ މިސާލުގެ ވާހަކަ ކަލާވާނީ އައްސަވާފައި."
"އަހަރެން މިކަމާމެދު ވިސްނާލާ ރަނގަޅުގޮތަކީ ކޮބައިކަން ނިންމުމަށް ކުޑަވަގުތުކޮޅެއްދީ."
"ކަލާ ވިސްނަވަންވީ އެއްޗެއް ވިސްނަވާ! އަޅުގަނޑު މިތާ އިނދެގެން އިންތިޒާރު ކުރާނަން."
އެ ވަގުތު ޚާންއާޞިފް ސިހޭގޮތްވިއެވެ.
"ތިޔަ ބުނީ ކީކޭ؟"
ޘަނާ ހީނލާފައި އަނެއްކާވެސް ބުނަން ފެއްޓިއެވެ
"ކަލާ އޮފީހާ ޙަވާލުވެލެއްވުމަށްފަހު ހުރިހާ ދިމާއަކުންވެސް ކަލާގެ ބާރު ގަދަ ކުރެއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކަލާ ވަނީ ކުރައްވާފައި. ބޭރު ޤަވްމުތަކުގައި ހުރި ކުންފުނިތަކާވެސް ކަލާ ގުޅުއްވާފައިވާނޭކަންނޭނގެ..ނަމަވެސް އެއިން ކޮންމެ ތަނަކަށްވެސް އަޅުގަނޑު ހުންނާނީ އޭގެ ކުރިން ގޮސް އެހެންވީމާ ވާގޮތަކީ ކަލާއާ ގުޅެގޮތެއްނުވަނީ. އަދި އަޅުގަނޑު ބޭނުންގޮތަށް ކަންތައް ނިންމާލެވެނީ. އަނެއްކޮޅުން މިތާނގައި ހުރި ކުންފުނީގެ ހުރިހާކަމެއް ކަލާ ކުރައްވާފައި ހުންނަނީ ހަމަރަނގަޅަށް ވިސްނަވައިގެން.... ކަލާތިޔަ ހުންނެވީ ހުރިހާގޮތަކުން ތައްޔާރުވެލައްވައިގެން. އަދި ކަލާ ދެންމެ ބުނުއްވި ފަދައިން ކަލާތިޔަ އިންނެވީ އަޅުގަނޑަށް އިންތިޒާރުވެސް ކުރައްވައިގެން. އެހެންވީމާ ދެން މިހާރު އިތުރަށް ވިސްނުމަށް އޮތީ ކޮންސުވާލެއްތޯ! ތިޔަގޮތަށް އެހެންމީހުން މޮޔަ އިންނަށް ހައްދަވަން ނޫޅުއްވާ. އެހެންނޫނީ އަޅުގަނޑު މިހާރު މިދަނީ އަދި ހެނދުނު އަޅުގަނޑު ދާނީ ކުންފުންޏަށް. އަދިހަމަ މާދަމާ ހެނދުނު އެ ކުންފުނި އަޅުގަނޑުމެން ދެ މީހުންގެ ޕާރޓްނަރޒް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވެންވާނެ. އެ ކަމާބެހޭ ހުރިހާ ލިޔުންތަކެއްވެސް ތައްޔާރު ކުރެވޭނެ.
އަހަރެން އަދި އެހެން ގޮތެއްވެސް ވިސްނާފައި އެބައޮތް....ބުނުއްވާ..އަޑުއަހާލުމުގައި އޮތީ ކޮންގެއްލުމެއްތޯ!"
ކަލޭގެ ޙިއްޞާއަށް ވާވަރަށް ނަގުދު ފައިސާ ގެންދޭ. ކުންފުނ އެއޮތީ ކަލޭގެ ކުރިމަތީގައި ސާފުކޮށް ފެންނަން ވީމާ ކުންފުނީގެ ޕާރޓްނަރަށް ވުމުގެ ބަދަލުގައި ކުންފުނީގެ ދެބައިކުޅަ އެއްބައި ޙިއްޞާއަށް ވާވަރަށް ރުފިޔާ ނަގާފައި އެ ފައިސާއިން ކަލޭގެ އަމިއްލަ ވިޔަފާރިއެއް ފަށްޓާ!"
"ތިޔަހެނެއް ނުހެދޭނެ....."
"ކީއްވެގެން؟"
"ވާހަކަ ހުއްޓަވާލައްވާ ޚާންއާޞިފް! އަޅުގަނޑުމެން ދެ މީހުން ޕާރޓްނަރުންގެ ގޮތުގައި ހަމަމި ކުންފުނީގައި މަސައްކަތް ކުރާނީ."
"ވަކިވަކިން މަސައްކަތް ކުރުމަށް އިޢުތިރާޒު ކުރަނީ ކީއްވެތަ؟"
"އިޢުތިރާޒު ކުރަނީ އެއްނޫން...... އަދި ކީއްތޯ....... އަޅުގަނޑު ކަލާއާ ވަކިން ހުރެގެން ކަމެއްކުރަން ބޭނުންނުވަނީ
"ވިސްނާލާ...." އަހަރެން ފިލައިގެން ދަނީއެއްނޫން."
"އަޅުގަނޑު މިހިރީ ހުރިހާ އެއްޗެއް ވިސްނާއިގެން އަދި ކީއްތޯ ހަދަންވީ ގޮތްވެސް ނިންމައިގެން."
ޘަނާ އެހެންބުނެފައި ތެދުވެއްޖެއެވެ. އަދި ބްރީފްކޭސް ނަގަމުން ބުންޏެވެ.
"މިހާރު ދެންދަނީ އިނގޭތޯ. ހެނދުނުން ބައްދަލުވާނަން ޚުދާޙާފިޒް."
އެހެންބުނެފައި ޘަނާ ހިނިތުންވެލިއެވެ އެއީ ވަރަށް ވިހަ ހިނިތުންވުމެކެވެ. އެއާއެކު ނުކުމެގެން ހިނގައްޖެއެވެ. ފެންޑާ މަތީގައި މާޖިދާއި އޭނާގެ އަންހެނުންނާއި ޒުމައްރަދު ތިއްބެވެ.
ޘަނާ ކުޑައިރުކޮޅަކަށް ހުއްޓުނެވެ، އަދި މާޖިދާ ދިމާއަށް ބަލާލާފައި ބުންޏެވެ.
"މިސްޓަރ މާޖިދު މި ގެ އަހަރެންނަށް ވަރަށް ރީތި ވެއްޖެ. އެހެންވީމާ މާދަން އަހަރެން މި ގެއަށް ބަދަލުވަނީ. މިހާރު އަހަރެން މި ގެއަށް އަންނަން މާތްމީހުންގެ ކިބައިން ހުއްދަ ހޯދާކަށް ނުޖެހޭނެ ކަންނޭނގެ!"
"ކަލޭ ދެން މި ގެއަށް އަތުވެއްޖެނަމަ އަހަރެން ކަލޭގަޔަށް ބަޑިޖަހާނަން."
"މިސްޓަރ މާޖިދު!" ޘަނާ ތުންފަތަށް ހިނިތުންވުމެއް އައެވެ.
"ކަލޭގެ ބައްޕަޔާ އަހަރެންނާ ދެމެދު ވިޔަފާރި ވަނީ ނިމިފައި. މިހާރު އަހަރުމެން ދެ މީހުންނަކީ މި ހުރިހާ މުދަލެއްގެ ބަރާބަރު ދެ ޙިއްޞާދާރުން. އެ ޙިއްޞާގެ ތެރޭގައި މި ގެ ވެސް ހިމެނޭ. އެހެންވީމާ ކަލޭ ކަލޭގެ އަމިއްލަ ޢިންތިޒާމެއް ކުރޭ. ޘަނާ ހީނލިއެވެ. އަދި ޒުމައްރަދާ ދިމާއަށް ކަޅިއެއް އެއްލާލާފައި ހިނގައްޖެއެވެ.
"ނުލަފާ މީހާ...ބަކަމޫނުގެ ދަރި." މާޖިދު ދަތްކުނޑި ވިކާލިއެވެ
"އޭނާ އެބުނަނީ ތެދުވާހަކައެއްތަ މާޖިދު؟"ޒުމައްރަދު އޭނާކުރެން އަހާލިއެވެ.
"ފަހަރެއްގައި ތެދަކަށް ވެދާނެ... ޙަޤީޤަތުގައި އަހަރުމެން ވަނީ އޭނާގެ އަތްދަށުގައި ވަރަށް ރަނގަޅަށް ތާށިވެފައި...ބައްޕަ ހުރިހާ އެއްޗެއް އޭނާއަށް ދެއްވުމުގެ ބަދަލުގައި ދެބައިކުޅަ އެއްބައި އޭނާއަށް ދެއްވަން ނިންމެވީ ކަމަށްވެސް ވެދާނެ... އެހެންނުހައްދަވާ ވާނެގޮތެއް ވެސް ނޯންނާނެ."
"މާޖިދު ކުރާނެކަމެއް ނެތިގެން ތުންފަތުގައި ދަތްއަޅާލިއެވެ. ކޮން ފަދަ ރީތި ޒުވާނެއްދޯ؟"
"ވަޓް!" މާޖިދު ރުޅިއަތުވެއްޖެއެވެ.
"އަހަރެން މިހެންމިބުނީ އަނާ އޭނާޔާ ގުޅިއްޖެނަމަ އެއީމާ ގޯސްކަމަކަށް ނުވާނެތީ. މާޖިދު އޭނާއާ ދިމާއަށް ކަޅިއަޅާލާފައި ބުންޏެވެ. ކަލޭގެ ވިޔާނުދާ ވާހަކަތަކުން މިހާރު މަށަށް އުނދަގޫވެއްޖެ. ޢަޖައިބުވާކަހަލަ ތާކުންތާކުނުޖެހޭ ވާހަކަ އަބަދުވެސް ދައްކަނީ!"
"މިހާރު ދެން ކަލެއާ އަނާއާ ހުރީ ކޮންގުޅުމެއް...އޭނާ ކަލެއަށް އެއްޗެތި ގޮވާފައި އޭނާ ގެއިންވެސް ކަލާ ތިޔަހުރީ ނެރެލާފައި އަދި ކަލޭ ގާތުން ވަރިވާންވެސް އޭނާ އަމިއްލަ ވަނީ އެދިފައި ވީއިރު އޭނާ މިނިވަން ނުކުރަންވީ ކީއްވެގެން؟"
"ކެތްކުރޭ އަދި އިންތިޒާރުކުރޭ މިއީ އަހަރެންގެ މައްސަލައެއް.... އެހެން އަންތްބެއް ހިލޭ ލިބެން ހުރިއްޔާ ދެން އަނެއް އަނބި ދޫކޮށްލާނީ ކާކުތަ؟ އަދި އަހަރެން ލައްކަ ދުވަހު އޭނާޔާ އެކުގައި އުޅުނިން...އެހެންވީމާ އޭނާގެ އަމިއްލަ ކަންތައްތައް ހުންނަގޮތް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ..."
"ކަލޭ ކަލޭގެ އަނބިމީހާ އަށްވުރެ މަތީ ދަރަޖަ އޭނާއަށް ދެނީ..."
"އޭ... ބަލައޭނައަކީވެސް އަހަރެންގެ އަނތްބެކޭ!"
"ކަލޭ ހިތާމަކުރަންޖެހޭނެ މާޖިދު! އަހަރެންނަކީ ކަލޭތިޔަ ހީކުރާހާ ފަސޭހައިން ހަޖަމްކޮށްލެވޭނެ އެއްޗެއްނޫން... ކުރިއަށްއޮތް ދެދުވަހުގެ ތެރޭގައި ކަލޭ އޭނާ ވަރިކުރަން ޖެހޭނެ...އެހެން ނޫނީ އަހަރެން ނުބައިވީއޭ
ބުނެގެންނުވާނެ..."
ކޮންހާ ވާހަކައެއްތަ ތިޔަ ދައްކަނީ...މާޖިދު ރުޅިއައިސް ރަތްވެއްޖެއެވެ. އެހެންނަމަވެސް ޒުމައްރަދެއް ހުއްޓައެއް ނުލައެވެ.
އޭނާ ބާރަށް ހިނގާފައިގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. މާޖިދު އޭނާއާ ދިމާއަށް ބަލަންހުއްޓެވެ.
އަނެއް ދުވަހު ހަވީރު ޘަނާ ސޫޓުކޭހެއް ހިފައިގެން އެގެއަށް އަތުވެއްޖެއެވެ. ޚާންއާޞިފަށް މަޖްބޫރުވެގެން އެގޮތް ޤަބޫލުކުރަން ޖެހުނީއެވެ. ޘަނާއަކީ އޭނާ ބުނާގޮތަށް އެހެންމީހުން ލައްވާކަންތައް ކުރުވަންވެސް ދަންނަ މީހަކަށް ވާތީއެވެ. ޚާން އާޞިފަށް ހިތާދެކޮޅަށް ނަމަވެސް ޖެހުނީ ޘަނާ ބުނިގޮތް ހަދާށެވެ. އޭނާ ޘަނާއަށް މުޅީންވަކި ގެއެއް ގަނެފައި ދޭންވެސް ހުށަހެޅިއެވެ. ނަމަވެސް ...."
"ނޫން..ނޫން...ޚާންޞާހަބު އަޅުގަނޑަކީ އެކަނި ހުރި އިންސާނެއް..ތިޔަބޭކަލުންގެ ގޭގައި މިއުޅެނީ އެންމެ ހަތަރު މީހުން ނޫންތޯ އަޅުގަނޑު ހަމަ ބޭނުންވަނީ ތިޔަ ބޭފުޅުންގެ ފެމެލީ މެމްބަރަކަށް ވެގެން މިގޭގައި ހުންނަން ޘަނާ ވަނީ ބުނެފަ."
އަދި މިހާރު އޭނާ އެހެރީ މިގޭގައެވެ.
އޭނާ އެގެއަށް ވަންތަނުން އެންމެ ފުރަތަމަ ދިމާވީ އާޝީއާއެވެ. ޢާޝީ އޭރުހުރީ ފެންޑާ މަތީގައެވެ.
"ކަލާ! ކަލާއަކީ ޢާޝީ ދޮގެއްތޯ؟"
"ލައްބަ"
"އަޅުގަނޑަށް މަގުދައްކަވާ! އަޅުގަނޑުގެ ކޮޓަރި ދައްކަވާފާނަންތޯ؟"
"ދުރުވޭ...!"
ޢާޝީ ޡަނާގެ ބޮލުން ފެށިގެން ފަޔާހަމައަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. ޘަނާ އޭނާގެ ފަހަތުން ހިނގަމުން ދިޔައެވެ.
ޢާޝީ ކޮޓަރީގެ ދޮރުމައްޗަށް އަރާފައި ބޭރުން ކޮޓަރި ދައްކާލިއެވެ. މިއީ ކަލާގެ ކޮޓަރި ޘަނާ ހިނިތުންވެލިއެވެ. އަދި ބުންޏެވެ.
(ނުނިމޭ)
varah varahves reethi