އުމަރު ނަސީރުގެ ކެންޑިޑެސީ ފޯމު ހުށަހަޅައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެންޑިޑެސީ ފޯމު ، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އޭނާގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. އުމަރު ނަސީރު، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަގޮތުންނެވެ.

އުމަރު ކެނޑިޑަސީ ފޯމު ހުށަހަޅުއްވާފައި ވާއިރު،އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ސާލިހާއި އެމްއެންޕީގެ ކެނޑިޑޭޓް ނާޒިމާއި ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާގެ އިތުރުން ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ޖޭޕީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވެސް ވަނީ ފޯމު ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަސަން ޒަމީލު ވެސް ވަނީ ފޯމު ހުށަހަޅުއްވާފައެވެ.

ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމާފައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިހާރު ނިންމަވާފައިވަނީ ރިޔާސީ ރޭހުގައި ބައިވެރިނުވުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.