ދިރާގާއެކު މި ޗުއްޓީގައި ކޮންމެ ތަނަކަށްވެސް އިންޓަރނެޓް ދެވޭނެ!

ދިރާގާއެކު މި ޗުއްޓީ ދަތުރުތަކުގައި ކޮންމެ ތަނަކަށްވެސް އިންޓަރނެޓް ހިފައިގެން ދެވޭނެއެވެ.

އެގޮތުން ދިރާގުން ވަނީ 'ބޮޑު ޗުއްޓީ ސޭލް'ގެ ނަމުގައި މައި-ފައި ޑިވައިސްއަށް ޚާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ހުއާވޭ 4ޖީ މޯބައިލް ވައި-ފައި ޑިވައިސްއެއް ގަންނަ ހުރިހާ ކަސްޓަމަރުންނަށްވެސް 50 ޕަސެންޓުގެ ޑިސްކައުންޓަކާއެކު އެންމެ 594 ރުފިޔާއަށް ޑިވައިސްއެއް ގަނެވޭނެއެވެ. މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން ކުރިއަށް ދާނީ 7 ޖުލައި 2023ގެ ނިޔަލަށެވެ. އަދި މި މުއްދަތާ ހަމައަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް https://bit.ly/3JBsZqn މެދުވެރިކޮށް ފަސޭހަކަމާއެކު މި ޑިވައިސް ގަނެލެވޭނެއެވެ.

"ދިރާގުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން ކޮންމެ ތާކު، ކޮންމެ ވަގުތަކުވެސް މުވާސަލާތީ ގޮތުން ގުޅުވުން އަދި އެކަމަށް މަގުފަހިކޮށްދިނުން. އެގޮތުން މި ޚާއްސަ ޕްރޮމޯޝަނާކީ ހުރިހާ ފަރާތްތަކަށްވެސް މި ޗުއްޓީ މޫސުމުގައި ދަތުރުކުރާއިރު ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށްލާ، ޚާއްސަ ވަގުތުތަކުގައި ބައިވެރިވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވިއެވެ.

ދިރާގުގެ ޑޭޓާ ޕްލޭންތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް: https://bit.ly/3CVHyBz

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.