ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ، ރައީސް ސާލިހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

ރައީސް ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ފެއްޓެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ރައީސް ސާލިހު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ސިންގަޕޫރުގެ ހޮސްޕިޓަލަކުން ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވާފައެވެ.

އޭގެ ފަހުން އެ އަހަރުގެ އޮކްޓޯބަރު މަހު ވެސް އެމަނިކުފާނު އެގައުމަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު ވެސް ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.

އެހެންނަމަވެސް މިފަހަރުގެ ދަތުރުފުޅަކީ ސީދާ އެކަމާއިގުޅިގެން ކުރެއްވި ދަތރުފުޅެއްކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.