އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މއިަދު ދީފިއެވެ.
"ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ"ގެ ނަމުގައި މި ޕާޓީ އުފެްދުމުގެ ހުއްދަ ދީފައިިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ ބައްޕަ، މ. ފެހިވިނަ، މުހައްމަދު އާތިފަށެވެ.
އާތިފް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން އެ ޕާޓީއަށް 3000 މެންބަރުންް ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.
އޭނާ މިހެން ވިދާޅުވެފައިވާިއރު، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އޭނާ ގެންދަވަނީ ސޯޝަލް މީޑިއާ ގައި ވެސް ހާމަކުރައްވަމުންނެވެ.
އެއީ ތައުލީމީ ބަޔަކު އިސްވެ އުފައްދާ ޕާޓީއެއް ކަމަށާއި އެ ޕާޓީގައި ތިބޭނީ ގައުމަށް ބަދަލުގެންނަން ބޭނުންވާ ބައެއް ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ.
ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
ނަފްސާނީ މައްސަލައަށް ބޭސްކުރުން ސިޔާސީ ޕާޓީހެދުމަށްވުރެ މުހިންމު