"ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" ގާއިމުކޮށްފި

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

"ރިޔާސީ އިންތިޚާބު 2023" އާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" އުފައްދައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބިއުރޯ ހުންނާނީ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގޭގައި) ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޝަކުވާ ހުށަހަޅާ ފޯމު ލިބެންހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިޚާބާ ބެހޭ މަރުކަޒުންނާއި، އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީ ތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުން ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ގާއިމްކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުން ވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް ބުނެއެވެ.

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004498 އަދި 3004450 އެވެ. މި ބިއުރޯގެ އީމެއިލް އެޑްރެހަކީ complaints@elections.gov.mv އެވެ.

އީމެއިލް މެދުވެރިކޮށް ފޮނުވޭ ޝަކުވާތައް ވެސް ބަލައިގަނެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.