މާލެއިން ހުޅުމާލެއަށް ދުއްވާފައިދިޔަ ކާރެއްގައި ބުރިޖުމަތިން ރޯވެއްޖެ

މާލެއިން ހުޅުމާލެއަށް ދުއްވާފައިދިޔަ ކާރެއްގައި ބުރިޖުމަތިން ރޯވެއްޖެއެވެ.

ފުލުހުން ބުނީ އެއީ ޓެކްސީއެއް ކަމަށާއި އެ ކާރުގައި ރޯވެފައިވަނީ އެއަރޕޯޓު ލައިޓު ކައިރިން ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:11 ހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގިއިރު، ކާރުގައި 3 މީހުން ތިބިނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި ކާރުގައި ރޯވި އަލިފާން މިހާރުވަނީ ނިއްވާލާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.