ފަސް ރަށެއްގައި އައިސް ޕްލާންޓު ހަދަން ފެނަކަ އާ ހަވާލުކޮށްފި

ރާއްޖޭގެ ފަސް ރަށެއްގައި އައިސް ޕްލާންޓު ހަދަން ފެނަކަ އާ ހަވާލުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް އަހްމަދު ޔާމީން އެވެ. އަދި ފެނަކައިގެ ފަރާތުން  ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައީދު މުހައްމަދު އެވެ.

އައިސް ޕްލާންޓު ހެދުމަށް ފެނަކަ އާ ހަވާކުކުރި ރަށްތަކަކީ ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫއެވެ.

މިއިން ކޮންމެ ރަށެއްގައި 25 ޓަނުގެ އައިސްޕްލާންޓް ހަދާނެ ކަމަށް ފެނަކައިން ބުނެއެވެ.

މިއީ ސައުދީ ފަނޑުގެ އެހީގެ ދަށުން ގާއިމް ކުރާ އައިސްޕަލާންޓްތަކެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.