ފެނަށް ޖެހިފައިވާ ހޯޑެއްދޫއަށް ފެނައިން 20 ޓަނުގެ ފެން ހަދިޔާކޮށްފި

ވާރޭނުވެހި، ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ބޯފެނަށް ޖެހިފައިވާ ގދ. ހޯޑެއްދޫ އަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން 20 ޓަނުގެ ފެން ހަދިޔާ ކޮށްފިއެވެ.

އެރަށު ކައުންސިލުން ބުނީ މިއީ އެރަށަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ވަގުތީ ހައްލެއް ގެނެސްދިނުމުގެ ގޮތުން ފެނައިން ވެދިން އެހީތެރިކަމެއް ކަމަށެވެ.

ހޯޑެއްދޫ އަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެ، ބޯފެނަށް ޖެހިފައިވާތީ އެރަށު ކައުންސިލުން ވަނީ ފެން ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.

އެ ކައުންސިލުން ބުނީ ފެން ހަދިޔާ ކުރުމަށް ވަކި މިންވަރެއް ނެތް ކަމަށާއި އެމީހަކު ނުވަތަ އެބަޔަކު ބޭނުންވަރަކަށް ފެން ހަދިޔާ ކުރެވިދާނެ ކަމަށެވެ.

ހޯނޑެއްދު އަށް ބޯފެނުގެ ދަތިކަން ކުރިމަތިވާން ފެށީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާނެކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.