ފަރެސްމާތޮޑާގެ 22 އަހަރުވީ ބައު އިންޖީނުގޭގެ ގަދަ އަޑު ނިމުމަކަށް ގެނެސްފި

ގދ. ފަރެސްމާތޮޑާގައި 22 އަހަރުވަންދެން ހިންގަމުންދިޔަ ބައު އިންޖީނުގެއިން ރައްޔިތުންނަށް އިވެމުންދިޔަ ގަދަ އަޑާއި ބޯދުމާއި ގެދަބުޅިން އެރަށު ރައްޔިތުން ސަލާމަތްކޮށްފި އެވެ.

ފެނަކައިން ބުނީ ގަދަ އަޑާއި، ބޯދުމާއި، ގެދަބުޅިންފަރެސްމާތޮޑާގެ ރައްޔިތުންނަށް ވޭނާއި ހިތްދަތިކަން ގެނުވަމުންދިޔަ، 22 އަހަރުވީ އިންޖީނުގެ މިއަދު ނިއްވާލާފައިވާ ކަމަށެވެ.

22 އަހަރު ވަންދެން އެރަށުގައި ހިންގި އިންޖީނުގެ ނިއްވާލާ، މުޅިން އަލަށް ޢިމާރާތްކުރި އިންޖީނުގެއިން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވަނީ މިއަދު އެވެ.

މިކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބައު އިންޖީނުގެ ނިއްވާލެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އާއި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި އެރަށުގެ ކައުންސިލަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.