ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކަމަށް ނިންމާ، ރިޔާސީ ޓިކެޓް ދިނުމަށް ނިންމައިފި އެވެ.

އެ ޕާޓީގެ ފަރާތުން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމުން ކުރިމަތިލައްވާފައި ވަނީ ވެސް ގާސިމް ގިނިކަންޏާ އެވެ.

އެހެންކަމުން އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ މާމިގިލި ދާއިރާގެ މެންބަރު ކަންވެސް ކުރައްވާ ޤާސިމް އެވެ.

މިގޮތަށް ނިންމާފައިވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އަންނަނީ ޤާސިމް އާއި ގުޅިގެން ރިޔާސީ އިންތިހާބުގެ މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުން ނެވެ. އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ނިކުންނަވާ ރައީސް ސާލިހު ވެސް ވަނީ ޤާސިމަށް އެމަނިކުފާނާއި އެކު ކޯލީޝަން ހެދުމަށް ދައުވަތު ދެއްވާފަ އެވެ.

އެހެންނަމަވެސް އެ ދައުވަތަށް ޖޭޕީން އަދި ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.