ޖޭޕީގައި އޮތީ ސަރުކާރު ވައްޓާލުމުގެ ބަދަލުގައި ނެގެހެއްޓުމުގެ ރޫޙެއް: ސައުދު

އަޙުމަދު ސައުދު ރައީސް އިބްރާހީމާއެކު

ޖުމްހޫރީޕާޓީ (ޖޭޕީ) ރޫޙަކީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ވައްޓާލުން ނޫން ކަމަށާއި ރޫޙަކީ އެސަރުކާރު ނެގެހެއްޓުން ކަމަށް ޖޭޕީގެ ކައުންސިލް މެމްބަރ އަޙުމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނާ ގުޅިގެން ޖޭޕީއަށް ގޮނޑިތަކެއް މަޖިލީހުން ހޯދަން މަސައްކަތްކުރަން ފެށުމަކީ ސަރުކާރާ ފެއަށް ޖެހުމެއްނޫން ކަމަށެވެ. "ޕްރިގްރެސިވް ކޯލިޝަނާއެކު މަސައްކަތް ކޮށްގެންވެސް ޖޭޕީއަށް ގިނަ ގޮނޑިތަކެއް ލިބިއްޖެ ކަމަށްވާނަމަ އޭގެ ފައިދާވެސް ކުރާނީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް. އޭރުވެސް ޖޭޕީން މަސައްކަތްކުރާނީ ސަރުކާރު ދަމަހައްޓަން،" ސަޢުދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖޭޕީން ޕްރޮގްރެސިވް ކޯލިޝަނާއެކު މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ނިންމީވެސް ޕާޓީތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން ކަމަށެވެ. "ޖޭޕީއަށް ގިނަ ގޮނޑިތައް ލިބުނަސް އެ ގޮނޑިތަކާއެކު މަޖިލީހަށްވަދެ މަސައްކަތް ކުރާނީ ސަރުކާރު ދަމަހައްޓަން. ޕްރޮގްރެސިވް ކޯލިޝަނާ ގާތްވުމަކީ ސަރުކާރާ ފެއަށްޖެހުމެއްވެސް ނޫން. އެއީ ސަތޭކަ ޕަސެންޓު ޔަޤީކަމެއް،" ސައުދު ވިދާޅުވިއެވެ.

ޖޭޕީ މިހާރުވެސް އޮތީ ކޯލިޝަން ސަރުކާރުގައި ވަރުގަދަކޮށް ކަމަށާއި އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރުމަށް އެޕާޓީއާ ގުޅެންތިބި ކޮންމެ ބަޔަކާ ގުޅިގެން މަސައްކަތް ކުރުމަކީ އެހެން ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެޕާޓީން ބޭނުންވަނީ ބެލަންސް މަޖިލީހެއް އެކުލަވާލަން ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

ޕީޕީއެމްއާ ގުޅިގެން ސަރުކާރު ވައްޓާލައި ނުވަތަ ސަރުކާރަށް އެއްވެސް ކަހަކަ ބުރުލެއް އެރުވުމުގެ އެއްވެސް އެޖެންޑާއެއް ޖޭޕީގައި ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.