އަމްރު، އެސްޓީއޯގެ އެމްޑީގެ މަގާމުން ވަކި ކުރަނީ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމުގައި ހުންނެވި ހުސައިން އަމްރު، އެ މަގާމުން ވަކި ކުރުމަށް ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަނީ މިކަން، މީޑިއާ އަށް ޔަގީންކޮށްދެއްވާފަ އެވެ.

މިއުވާން ވިދާޅުވީ އަމްރު މަގާމުން ވަކި ކުރަނީ ސަރުކާރުގެ ކުންފުނިތައް ހިންގުމަށް އަބަދުވެސް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.

އަމްރު މަގާމުން ވަކިކުރަން ނިންމާފައިވާއިރު، އަމްރު ތާއީދު ކުރައްވާ އަދި ކެމްޕޭނު ވެސް ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އަދި އޭނާ ގެންދަވަނީ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެސް ވަމުން ނެވެ.

އަމްރު އެސްޓީއޯގެ އެމްޑީއަކަށް އައްޔަން ކުރީ މި ސަރުކާރު ވެރިކަމަށް އައުމާއި އެކު 2018 ވަނަ އަހަރު އެވެ.

 

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.