މާލެ ސަރަހައްދުގެ ތިން ރޫޓަކުން ބަހުގެ ޚިދުމަތަށް ބަދަލެއް

އެމްޓީސީސީ އިން މާލެ ސަރަހައްދުގެ ތިން ރޫޓަކުން ބަހުގެ ޚިދުމަތަށް ބަދަލެއް ގެނެސްފި އެވެ.

އެމްޓީސީސީ އިން ބުނީ މި ބަދަލު ގެނައީ މިއީ ރޯދަ މަސް ކަމަށްވާތީ އެވެ.

އެ ކުންފުނިން ބުނީ މި ރޯދަމަހު، 3 ރޫޓިންއަކުން 3 ގަޑިއިރަށް ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.

އެމްޓީސީސީން ބުނީ ރަމަޟާން މަހުގެ ހަވީރުގެ ވަގުތަކުގަޔާއި، ތަރާވީސް ނަމާދު ވަގުތަކަކީ މަގުމަތީގެ ތޮއްޖެހުން އިތުރުވެ ވެހިކަލްތައް ޕާކް ކުރުން ގިނަ ވަގުތަކެއް ކަމަށެވެ.

އެ ވަގުތުތަކުގައި މަގުތަކުގެ ބާރު ބޮޑުވެ، ބަސް ދަތުރުތަކަށް ދަތިވާކަމަށާއި އޯކިޑްރޫޓް، އަމީނީރޫޓް އަދި ސޯސަން ރޫޓުގެ ބަސް ދަތުރުތައް ތިން ގަޑިއިރަށް މެދުކަނޑާލާނެ ކަމަށް ވެސް އެމްޓީސީސީ އިން ބުންޏެވެ.

މި ގެނައި ބަދަލުން ކޮންމެ ދުވަހަކު ވެސް އިރުއޮށްސި 6 އިން ރޭގަނޑު 9 އަށް ބަސްދަތުރުތައް މެދުކަނޑާލާނެ އެވެ. އަދި ހުޅުމާލެ ފޭސް 1 އަދި ދޭއްގެ އިތުރުން ވިލިމާލޭގެ ބަހުގެ ޚިދުމަތް ވެސް އެ ވަގުތުތަކުގައި ދިނުންހުއްޓާލާނެ ކަމަށް ވެސް ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.