ރިޔާސީ އިންތިޚާބު މޮނިޓަރ ކުރަން ބޭނުން ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިޚާބު މޮނިޓަރ ކުރަން ބޭނުން ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު މޮނީޓަރ ކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ޖުލައި 25 ގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް އީސީ އިން ކުރި އިއުލާނުގައި ވެއެވެ.

ސެޕްޓެމްބަރ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވެވެނީ އުމުރުން 18 އަހަރު ފުރިފައިވުމާ އެކު ބޭރުގެ ޖަމާއަތެއްގެ މަންދޫބަކަށް ވުމުންނެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަކީ ވެސް ޝަރުތެކެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.