މިއަދު މެންދުރުފަހު 2 ޖެހުމާ ހަމައަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގުގުރާނެ: މެޓް

މިއަދު މެނދުރުފަހު 2 ޖެހުމާ ހަމައަށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާ ކަމަށެވެ. އަދި މިސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

އެ ސަރަހައްދަށް ރީނދޫ ސަމާލު (ޔެލޯ އެލަރޓް) ނެރެފައިވާއިރު، އުތުރުގެ ބައެއް އަތޮޅުތަކަށް ވެސް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލްގައި ތޫފާނަކަށް ބަދަލުވެފައިވާ ދެ ކޮޅިގަނޑު ރޭގެ ވަގުތެއްގައި އިތުރަށް ބާރުގަދަވެފައިވާކަން ހާމަކޮށް މެޓް އޮފީހުން ބުނީ މިދެ ކޮޅިގަނޑު މިހާރު މަޑުމަޑުން ރާއްޖެއާއި ދުރުވަމުން އައިނަމަވެސް އޭގެ އަސަރު ނުސީދާގޮތުން ރާއްޖެއަށް ކޮށްފާނެ ކަމަށެވެ.

ޚާއްސަކޮށް ކުރިއަށްއޮތް ދެތިން ދުވަހު ރާއްޖޭގެ ދެކުނަށް ވައިގަދަވެ ވިއްސާރައިގެ އަސަރުކުރާނެ ކަމަށާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވެސް ގަދަވެފައި ކެރީގެ އަސަރުކުރާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.