ފެނަކައިން މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމުކުރަނީ

ލ. މާބައިދޫގައި އައިސް ޕްލާންޓެއް އަޅައި ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން މާބައިދޫ ކައުންސިލާ ހަވާލުކޮށްފިއެވެ. މި ޕްލާންޓްގެ ބޭނުމަކީ މާބައިދޫ ސަރަހައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނޭ މަގު ފަހިކޮށް ދިނުމެވެ.

ފެނެކައިން ހާމަކޮށްފައިވާ ގޮތުގައި މި އައިސް ޕްލާންޓް ތަރައްގީ ކުރުމަށް ގާތްގަނޑަކަށް ހަތަރު މިލިއަން އަށް ލައްކަ ރުފިޔާ ޚަރަދު ވާނެއެވެ. ޕްލާންޓުން އުފެއްދޭނީ 25 މެޓްރިކް ޓަނުގެ ގަނޑުފެނެވެ. ރައްކާ ކޮށްފައި ބެހެއްޓޭނީ 50 މެޓްރިކް ޓަނެވެ. މާބައިދޫ ކައުންސިލާ ހަވާލުކޮށްފައި ވަނީ 10 އަހަރުގެ މުއްދަތަކަށް ޕްލާންޓް ހިންގާށެވެ.

ފެނަކައިން ދެކޭ ގޮތުގައި މި އައިސް ޕްލާންޓް ތަރައްގީކޮށް ހިންގަން ފެށުމާއެކު ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރު ގިނަ ސަރަހައްދުތަކުގައި ދަތިކަމެއް ނެތި ބޭނުންވާ ވަރަށް އައިސް ފޯރުކޮށް ދިނުމުގައި މިހައިތަނަށް ކުރިމަތުން އައި ގޮންޖެހުންތަކުން އަރައިގަނެވުމާއެކު މަސްވެރިންނަށް ފަސޭހަވާނޭ ފަދަ މަގެއް ހުޅުވިގެން ދާނެއެވެ. މީގެ އިތުރަށް ރަށުގެ އުމްރާނީ ތަރައްގީއަށް ކުރިއެރުން ލިބުމާއެކު ފެނަކައިގެ މާލީ ނަފާ އިތުރުވެގެން ދިއުމަކީވެސް މި ޕްލާންޓްގެ ހެއު ނަތީޖާގެ ތެރޭގައި ހިމެނޭނޭ ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.