އަދީބު ޖަލަށް ނުލައި ތިބީ ކީއްވެގެން؟: ދިޔާނާ

ޚިޔާނާތުގެ މައްސަލަ ސާބިތުވެ ޖަލަށް ހުކުން ކޮށްފައިވާ އަޙްމަދު އަދީބު ޖަލަށް ނުލައި ތިބީ ކީއްވެގެންތޯ ކުރީގެ ބަންޑާރަ ނައިބުކަން ކުރައްވައިފައިވާ ދިޔާނާ ސަޢީދު ސުވާލު ކުރައްވައިފިއެވެ. ދިޔާނާ މި ސުވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓު ރަސްމީކޮށް އެރުމަށް ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވަނީ ރައީސް ޔާމީނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ. އޭނާގެ ވާހަކަ އަމާޒުކުރެއްވީ ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާ ގުޅިގެން އިދިކޮޅު ޕީޕީއެމުން އެއީ "ހަރާން ހުކުމެއް" ކަމަށް އަޑު އުފުލަމުން ގެންދާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

ރޮޒައިނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ބައްލަވާ ނިކަމެތި މީހާ ރިހާކުރު ފުޅިއެއް ވަގަށް ނެގީމަ އެކަންޏެއް ނޫން ޖަލަށް ލާން ޖެހެނީ. ގައުމުގެ ވެރިޔާ، ރައްޔިތުންގެ ފައިސާއަށް ރައްކާތެރިވާނެ ކަމަށް ހުވާ ކޮށްގެން ވެރިކަމަށް އަންނަ މީހާ ވައްކަން ކުރީމަ އެންމެ ފުރަތަމަ ޖަލަށް ލާން ޖެހެނީ ހަމަ އެ މީހާ. އޭގެ ފަހުން، ދެން ކުދި ވަގުންތައް ހޯދަނީ."

ދިޔާނާ އިޝާރާތް ކުރެއްވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޖަލަށް ހުކުން ކޮށްފައިވާ އަޙްމަދު އަދީބު ހުކުން ތަންފީޒު ކުރަން ގޭގައި ހުންނަވާ ހުންނެވުމަށެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.