ޕީޕީއެމްގެ ހޯޕް ކޮންގްރެސް މިއަދު، ރެޖިސްޓްރީކުރުން ކުރިއަށް

އިދިކޮޅު ކޯލިޝަން ޕީޕީއެމް، ޕީއެންސީ ގެ "ހޯޕް ކޮންފަރެންސް" މިއަދު ފެށުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އެގޮތުން ރެޖިސްޓްރޭޝަންގެ ކަންކަން މިހާރު ވަނީ ފަށާފައެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުން ހިމެނޭ ގޮތުން ގިނަ ކަންތައްތަކެއް އެޖެންޑާކޮށް، "ހޯޕް ކޮންފަރެންސް"ގެ ނަމުގައި ބާއްވާ މި ކޮންފަރެންސް މިއަދުން ފެށިގެން ދެދުވަހަށް ކުރިޔަށް ގެންދާނެ އެވެ.

އެ ކޮންފަރެސްގެ ބައެއްގެ ގޮތުގައި "ބުންވަރު" ހިނގާލުމުގެ ނަމުގައި  ހުކުރު ދުވަހު ހަވީރު މަގުމަތީގެ އެއްވުމެއް ބާއްވަން ނިންމާފައިވާއިރު، އެ ކޮންފަރެންސް ރަސްމީކޮށް ފަށާނީ މިއަދު 13:30 ގައި ދަރުބާރުގޭގަ އެވެ.

މި ކޮންފަރެންސްގައި ޕީޕީއެމް އާއި ޕީއެންސީގެ 1000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާކަމަށް އެ ކޯލިޝަނުން ބުނެއެވެ.

ޕީޕީއެމުން ބުނީ ރައީސް ޔާމީނާއި، ކޯލިޝަނުގެ ތަސައްވުރާއި ބެހޭގޮތުންނާއި ރާއްޖޭގެ އިޖުތިމާއީ ހާލަތާއި ބެހޭގޮތުން މި ކޮންފަރެންސް ގައި މަޝްވަރާކުރާނެ ކަމަށާއި އެ ކޯލިޝަނުން، ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން ވެސް ހިމެނޭ ކަމަށެވެ.

މި ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 20:30 ގައި އާޓިފިޝަލް ބީޗްގައެވެ.

މިކޮންފަރެންސްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި އަތޮޅުތަކުން ދާއިރާތަކުގެ މަންދޫބުން އައިސްފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.