ސިޔާސީ ވެދުމަކީ ، އެހެންހުރިހާ ވެދުމަކަށްވުރެ އަދި މާ ސިޔާސަ ވެދުމެކެވެ. ރިޔާސީ ވެރިކަމަކީ އަބަދުވެސް ސިޔާސީ ވެރިކަމެކެވެ. ރިޔާސީ ވެރިކަމެއް އުފެއްދީވެސް އަދި ކުރެވެނީ އެތައް ޕާޓީއެއް އެކުވެގެންނެވެ. އެއީ އެކަކު އެކަންޏަށްވާވަރުގެ ކަމެއްނޫނެވެ. ރިޔާސީ ވެރިކަމެއްގައި ބައިވެރިވާ ސިޔާސީ ޕާޓީތަކުގައި ރެނދުލުމަކީ ، އިންޑޮނީސިއާއަށް ބިންހެލުން އަންނަގޮތަށް އޮންނަ ކަމެކެވެ. އެންމެ މަދުވެގެންވެސް ، ދުވާލެއްގެ މައްޗަށް އެކިވަރުގެ ފަސް ބިންހެލުން ، އިންޑޮނީސިއާއަށް އާދެއެވެ. ސިޔާސީ ޕާޓީތަކުގައި ތިބޭމީހުންނަކީ އެއްވިސްނުމެއްގައި ތިބެންޖެހޭ ބައެއްނަމަވެސް ، އެކަން އެހެންނެއް ނުވެއެވެ. ޕާޓީ އޮންނަނީ ދެކަފި ނުވަތަ ތިންކަފިވެ ، ބައިބައި ވެފައެވެ. މިއީ ހަމައެކަނި ރާއްޖޭގެ ޙާލަތެއްނޫނެވެ. ދުނިޔޭގެ ވަރަށްގިނަ ޤައުމުގައި ސިޔާސީ މަޝްރަޙު އޮންނަނީ އެގޮތަށެވެ.
ސިޔާސީ މަޝްރަޙު ބަށްޓަންވެފައި އޮންނަގޮތުން ، އަމިއްލަ އޮފީހުގައިވެސް އަމިއްލަ ޕާޓީނޫން ޕާޓީތަކުގެ މީހުން ގެންގުޅެން މަޖުބޫރު ވެއެވެ. އަމިއްލަ ޕާޓީގެ މީހުންކުރެ ، އެމީހާގެ އަމިއްލަ ފިކުރާދެކޮޅު ، ދިރޭ ފިކުރާ އަދި ނެތޭ ފިކުރުގެ މީހުންވެސް ތިމާއާއެކީ ގެންގުޅެން މަޖުބޫރު ވެއެވެ. މީހުންނާ ނުބައްދަލު މަޤާމް ޙަވާލުކުރަން ޖެހެއެވެ. ތިމާގެ އޮފީސް ގެންދަން ބޭނުންވާ ބާރުމިނުގައި އެމީހުން މަސައްކަތެއް ނުކުރާނެއެވެ. ސިޔާސީ މަޤާމުތައް ޙަވާލުކުރެވޭ މީހުންތިބެންވާނީ އެމަޤާމު ޙަވާލުކުރި މީހާއާ އެކުގައެވެ. އިދިކޮޅު މީހާއާ އެކީގައެއް ނޫނެވެ. އިދިކޮޅު މީހާއާ އެކީގަ އުޅޭނަމަ ގެޔަށް ފޮނުވާލަން ޖެހޭނެއެވެ.
ތަންކޮޅެއް ކުރިން ދޮންބެއްޔާއަށް އިވޭ އަޑެކެވެ. " އޮފީހަށް ނުނުކުމެ ގޭގައި މަޑުކޮށްލަން ވިދާޅުވިއެވެ. " ސަރުކާރުގެ ވިސްނުމާ ތަފާތުކޮށް ކަމެއް ކުރެވުނީއެވެ. އެހެންޏާ ، ސަރުކާރާ ދިމާއަށް އެއްޗެއް ބުނެވުނީއެވެ. ނޫނިއްޔާ ނުބަލަންވާ މީހަކާ ދިމާއަށް ވަށްކަޅިން ބަލައިލެވުނީއެވެ. ސަރުކާރާ އިދިކޮޅު ފިކުރުގެ މީހަކާ ބައްދަލު ކުރީއެވެ. ގުޅުނީއެވެ. ވާހަކަ ދެއްކުނީއެވެ.
މިހާރު އެހެންނެއްނޫނެވެ. އެއީ މިހާރު އިވޭ އަޑެއްނޫނެވެ. އެހެންނަމަވެސް ، އެކަން މިހާރުވެސް ކުރަން އެބަޖެހެއެވެ. ވަޒީފާދޭމީހާއާ ދެކޮޅަށް ނުކުންނަ ސިޔާސީ މީހުންގެ ސަބަބުން ސަރުކާރަށާއި ޕާޓީއަށް ގެއްލުން އެބަވެއެވެ. މެންބަރުން ހިތްހަމައެއް ނުޖެހެއެވެ. ސަރުކާރުގެ ސިޔާސަތެއް ނުހިންގެއެވެ. އެއީ ސިޔާސީ ވެދުމެއް ނަމަވެސް ، އެ ވެދުން އަނބުރާ ގެންނަން ޖެހެއެވެ.
އިއްޔެއާއި މިއަދު...ދޮންބެއްޔާގެ ނަޒަރުން ސަޅި.
އަދުގެ ރިޔާސީ މަސްރަހު ދޮންބެއްޔާގެ ވިސްނުމުން.