ބްލޫ ރިބަން: ގަހަނާ އަޅައިގެން ލަންކާއަށް ދަތުރުކުރުން ރައްކާތެރިއެއް ނޫން

އެކި ބޭނުންތަކުގައި ބޭރު ޤައުމުތަކަށް ދަތުރުކުރާއިރު ، ކޮންމެ މީހަކުވެސް ދަތުރަށް އަރާނީ ނަލަހެދި ޒީނަތްތެރި ވެގެންނެވެ. އަލަށް ހޯދާ ހެދުންލައިގެން ، ބޫޓަށް ނުވަތަ ޝޫޒަކަށް އަރައިގެންނެވެ. ރީތި އަތްދަބަހެއް ހޯދައިގެން ، އެ ހިފައިގެންނެވެ. އަދި ޒީނަތްތެރިވެގެންނެވެ. ޒީނަތްތެރި ވުމުގައި އަތުގައި ހުންނަ އަގުބޮޑު ގަހަނާ އަޅާނެއެވެ. ކަރުގައި ފަށް އަޅާނެއެވެ. އަތުގައި ތަނޑި އަޅާނެއެވެ. ރަނާއި ރިހީގެ ގަހަނާއެވެ.

އަވަށްޓެރި ޝްރީލަންކާގެ އިޤްތިޞާދީ ޙާލަތާގުޅިގެން ، ލަންކާގެ މާލީ ނިޒާމަށް އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. ފައިބެ އަހަރުގެ ނޮވެމްބަރު މަހުގެ 26 ގައިވަނީ މިފަދަ ބަދަލެއް ގެނެސްފައެވެ. އެއީ ، ލަންކާއަށް ދަތުރުކުރާ ފަސިންޖަރުން އެތެރެކުރާ ރަން ނުވަތަ ގަހަނާ އެތެރެ ކުރެވޭނެ މިންވަރެއް ކަނޑައަޅައި ގެޒެޓް ކުރުމެވެ. ލަންކާ ސަރުކާރުން ބުނާގޮތުގައި ، ރަނުގެ ވަގުވިޔަފާރި ކުރާ މީހުން ، ފަސިންޖަރުންގެ ގޮތުގައި ދާއިމީކޮށް ދަތުރުކޮށް ، ދުވާލެއްގެ މައްޗަށް ، ބައެއްފަހަރަށް 50 ކިލޯގެ ރަން އެތެރެ ކޮށްފައި އެބަހުއްޓެވެ. އަލަށް ހަމަޖެއްސި ޤަވާޢިދު ބުނާގޮތުން ، ފަސިންޖަރަކަށް ގަހަނާގެ ގޮތުގައި ލަންކާއަށް އެތެރެވާއިރު އަޅަން ހުއްދަވާނީ 22 ކެރެޓް ގޯލްޑެވެ. ފަސިންޖަރުން ގަހަނާގެ ގޮތުގައި އަޅާ ރަން ، ކިރައި ޢަދަދުކުރާނެގޮތުގެ ތަމްރީންވަނީ ، ކަސްޓަމް އޮފިސަރުންނަށާއި އިމިގްރޭޝަން އޮފިސަރުންނަށް ދީފައެވެ.

ފަސިންޖަރުން ލަންކާއަށް އެތެރެވާއިރު ، އަޅާފައި ހުންނަ ގަހަނާގެ އަގު ، ލަންކާގެ ދިހަހާސް ރުފިޔާއަށްވުރެ ދަށްވާން ޖެހެއެވެ. ލަންކާއަށް އެތެރެވުމަށްފަހު އަޅާނަމޭ ހިތައި ފޮށްޓަށްލައިގެން ރަނުގެ ގަހަނާ ގެންދިއުމަކީވެސް ރައްކާތެރިކަމެއް ނޫނެވެ. އެއީ ގެއްލިގެން ހިނގައިދާނެ އެއްޗެކެވެ. ލަންކާ ނޫނަސް އެހެން ޤައުމުތަކަށް ދަތުރުކުރާއިރުވެސް ، ލެޕްޓޮޕާއި ރުފިޔާއާ އަދި ގަޑިފަދަ އަގުބޮޑު ތަކެތިވެސް ކަސްޓަމުން ފޮށި ލިބޭއިރު ގެއްލިފައި އެބަހުއްޓެވެ.

އެހެންކަމުން ، ޚާއްޞަކޮށް ލަންކާއަށް ދަތުރުކުރާއިރު އަތާއި ކަރުގައި އަދި ފައިގާ އަޅައިގެންނާއި ، ފޮށީގައިވެސް ރަން ނުވަތަ ރަނުގެ ގަހަނާ ގެންދިއުމަކީ ރައްކާތެރިކަމެއް ނޫނެވެ.

ދޮންބެއްޔާގެ އަންހެން ދަރިފުޅު ބޭހަކަށް ލަންކާއަށް ދިޔައިރު ، އެކަން އޮތީ އެނގިފައެވެ. އެހެންކަމުން އެކުއްޖާއަކަށް އެކަމެއް ދިމައެއް ނުވެއެވެ. އެހެންނަމަވެސް އެކުއްޖާއާއެކީ ދަތުރުކުރި އެހެން އަންހެނެއްގެ ގަހަނާތައް ކަސްޓަމުން ހިފެހެއްޓިއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

4 ޚިޔާލު

  1. މިއީ ވަރަށް ގިނަ ގައުމުތަކުގަި ދިމާވާ ކަމެއް. ހާއްސަކޮށް މި ސަރަހައްދުގެ ގައުމުތަކުގައި. ކޮޗިނުން އަހަރެންގެ ދަރިފުޅުގެ ދަބަސް އައި ޕެޑަކާއެކު ގެއްލުނު. ނުވެސް ފެނުނު. މައްސަލަ ޖެއްސީމަ ބުނީ ފޯމެއް ފުރާށޭ. ފޯނު ފުރީމަ ބުނީ ފެނުނީމަ އަންގާނަމޭ. ކޮޗިންގަ އަހަރެމެން ތިބީ އެގާރަ ދުވަހު. ކޮންމެ ދުވަހަކު އެއާލައިން އޮފީހަށް ދިޔައިން. އެންމެ ފަހު ދުވަހު އެތާ ހުރި މީހާ އަހަރެމެނަށް ބިރުދެއްކީ. އިންޑިއާ އައުޓޭ ކިޔާ މީހުންނަށް އަހަރެން ތާއީދު ކުރަން.

  2. ރާއްޖެވެސް ވަކި ރަނގަޅެއް ނޫން. އަހަރެން އެއް ފަހަރު ރަށަށް ދިޔައިރު ގެންދިޔަ އަވަނެއް ގެއްލުނު. މޯލްޑިވިއަނުން ހޯދައެއްވެސް ނުދެވުނު. ބުނީ ބޯތަށް އަރުވާފަ ނެތޭ. މާލެއަށް ގުޅީމާވެސް ނުފެނުނު.

  3. ތެދު ވާހަކައެއް. އަހަރެން ގެންދިޔަ ޓެބެއްވެސް ފޮށި ލިބުނު އިރު ނެތް. އެކަމަކު ތަޅު ހަލާކުކޮށްފައެއްވެސް ނެތް. އަބަދުވެސް ނުރައްކާތެރި ތަނެއް. އަހަންނަށް މައްސަލަ ދިމާވީ ކޮވިޑްގެވެސް ކުރިން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.