މީޓަރު ޓެސްޓު ކުރުމުގެ ޚިދުމަތުގައި ފެނަކައިގެ ޚިދުމަތް އިތުރުހަރުފަތަކަށް!

ފެނަކައިން ސްމާޓް މީޓަރުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހް ކޮށްފި އެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މި ޚިދުމަތަށް ގެނައި އިންގިލާބީ ބަދަލުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ކުއި ކަމެއް އަންނާނެ ކަމަށާއި މިހާތަނަށް އުފުލަމުން އައި ތަކުލީފުތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.

އެގޮތުން ސްމާޓް މީޓަރު ހަރުކުރުމުން ރީޑިންގ ރިއަލް ޓައިމްކޮށް އޮޓޮމޭޓް ވެގެން ދިއުމާއި ހިއުމަން އެރާ އެރުން ނިމުމަކަށް އަންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން މި ޚިދުމަތަށް އެދޭ ކަސްޓަމަރުން ބޭނުންވެއްޖެ ނަމަ އެޕްލިކޭޝަން މެދުވެރިކޮށް އެ ދުވަހެއްގެ ރީޑިންގ ބަލާލެވޭނެ އިންތިޒާމު ވެސްހަމަޖެހިފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން އިތުރަށް ބުނީ ސިސްޓަމުން ބިލް ދައްކާ އިރު، ތިމާގެ ބިލަށް އެރި ޔުނިޓްގެ އަދަދު ދެނެގަތުމަށް ވެސް މަގުފަހިވާނެ ކަމަށެވެ.

އަތޮޅުތަކުގެ އިންޖީނުގެތައް ހިންގުމާއި ފެނަކައިން ހަވާލުވުމަށްފަހު، އެ ކުންފުނިން ގެންދަނީ އެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުން ނެވެ. އެގޮތުން ރަށްރަށުގައި ހުރި ޒަމާންވީ އިންޖީނުގެތަކުގެ ބަދަލުގައި ޒަމާނީ އިންޖީނުގެ އެޅުން ހިމެނެ އެވެ.

މީގެ އިތުރުން ރަށްރަށުގައި މީގެކުރިން އިންޖީނުގެތައް އަޅާފައި ހުންނަނީ މީހުން ދިރިއުޅޭ ހިސާބުގައި ކަމަށްވާތީ، ރައްޔިތުންނަށް ދިމާވަމުންދިޔަ ދަތި، އުނދަގޫތަކަށް ނިމުން ގެނެސް، މީހުން އުޅޭ ސަރަހައްދާއި ދުރުގައި އިންޖީނުގެތައް އިމާރާތް ކުރަމުން އަންނައިރު، މިއީ ޖާގައިގެ ގޮތުން ތަނަވަސް، އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވާ އިންޖީނުގެތަކެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.