ފެނެކައިން ކުޅުދުއްފުށީގައި ހިންގި ތަމްރީނު ޕްރޮގްރާމުގެ އިމްތިހާނު ބާއްވައިފި

ފެނަކަ ކޯޕަރޭޝަންގެ "ފެނަކަ އިންސްޓިޓިއުޓްއިން ފަށާފައިވާ، ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެތަކަށް ބޭނުންވާ، ތަމްރީނު ލިބިފައިވާ މީހުން ބިނާކުރުމުގެ ޕްރޮގްރާމްގެ ދަށުން ހދ. ކުޅުދުއްފުށިގައި ހިންގި ސީ3 އިލެކްޓްރިކަލް އިންސްޓޮލޭޝަން  އެންޑް މެއިންޓެނަންސް ބެޗް 1 ގެ ތިއަރީ އިމްތިހާނާއި އަމަލީ އިމްތިހާނު މިއަދު ހދ. ކުޅުދުއްފުށީގައި ބާއްވައިފިއެވެ. މި އިމްތިހާނުގައި ބައިވެރިވީ 10 ދަރިވަރެކެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ދަށުން ހއ. ކެލާގައި ހިންގި ކޯހުގެ އިމްތިހާން މާދަމާ އޮންނާނެ ކަމަށް ފެނަކައިން ވަނީ މައުލޫމާތު ދީފައެެވެ. ކެލާގައި އިމްތިހާނު ހަދާނީ 7 ދަރިވަރުންނެވެ.

ފެނަކައިގެ އެޕްރެންޓިޝިޕް ޕްރޮގްރާމް (ފުނަރު ޕްރޮގްރާމްއަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ފޯރުކޮށްދޭ 3 އަސާސީ ޚިދުމަތުގެ ދާއިރާއަށް ފަންނީ މީހުން ތަރައްޤީކޮށް ދިވެހިން ބިނާ ކުރުމަށްޓަކައި ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗްއިން ހިންގާ 3 މަސް ދުވަހުގެ ޕްރޮގްރާމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.