ބ. މާޅޮހުގައި ފެން ބޮޑުވެއްޖެ

ވިއްސާރަވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ބ.މާޅޮހުގައި ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ބ.މާޅޮހުގެ އެކިއެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތައް ދިމާވަމުން ދާތީ، އެ ސަރަހައްދުތަކުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ މިރޭ 18:50 ހާއިރުން ފެށިގެން އެ ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެންގަނޑުތައް ހިއްދާލުމަށް މަސައްކަތް ކުރަމުން އަންަނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.