އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަނީ

މިރޭ 7:00 އިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިވެހި ސިފައިން ފުލް ހަތިޔާރާއެކު ޙަރަކާތްތެރިވަމުން ދާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވަމުންދާނީ އެއްގަމާއި ކަނޑުގައެވެ. އަދި ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކުކުރަމުން ގެންދަވާނެ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. ސައުވީސް ޑިސެންބަރު ދެހާސް ނަވާރަވާ އަންގާރަ ދުވަހުގެ ހަތްގަޑި ސުންމިނިޓުންފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ2" އަށް ބަދަލުކުރެވޭނެއެވެ. އެހެންކަމާއިއެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެއެވެ." އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދެވޭނެއެވެ. މިއީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއް ކަމަށް ވެސް ސިފައިން ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން މިކަމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމަށް ސިފައިން ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންގެ ވާޖިބު އަދާކުރުމުގައި ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ." އެމްއެންޑީއެފުން ދެންމެ ނެރުއްވި ބަޔާނެއްގައި ވެއެވެ.

އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" އަކަށް ބަދަލުކުރަނީ ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ޔެލޯއާލާޓުގައި ހިމެނެނީ ލެވެލް 1 އާއި 2 ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެލަރޓް ސްޓޭޓަސް "ޔެލޯ 2" އަކަށް ބަދަލުކުރެއްވީ ސީދާ ކޮންމެއް މެދުވެރިވެގެން ކަމެއް އެމްއެންޑީއެފުން ވިދާޅެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.