ގިނަ އަދަދެއްގެ މަސްތުތާތަކެއްޗާއި ފައިސާ އަތުލައިގެންފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުތާތަކެއްޗާ ފައިސާ އަތުލައިގެންފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިތަކެތި އަތުލައިގަތީ މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސްއެއް ފާސްކުރުމަށްފަހު ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގެ ތިން ތަނެއް ފާސްކޮށް 13.56 ކިލޯގެ މަސްތުވާތަކެއްޗާއި، 644،000 ރުފިޔާ އަތުލައިގަނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ މި ތަކެތި އަތުލައިގަތީ ފުލުހުންގެ ކައުންޓަރ ނާކޯޓިކްސް އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމަންޓް ޓީމުތަކުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ކުރަމުންދާ މަސައްކަތް އަދިވެސް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.