އިރާނު ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ އިރާނު ބޯޓުން ގާތްގަނޑަކަށް 50  ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒާ ޙަވާލާ ދެއްވައި ޕޮލިސް މީޑިއާއިން ބުނެފައިވަނީ އަދިވެސް ބޯޓު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މި ބޯޓުގައި މަސްތުވާތަކެތި ފޮރުވާފައިހުރީ ކޮމްޕާޓްމެންޓްތަކުގެ އިތުރަށް ފައިބަރު ލޭޔަރއެއް އަޅައިގެން ނުފެންނަ ގޮތަށް ހަދައިގެން،" ފުލުހުންގެ މީޑިއާއިން ވިދާޅުވެފައިވެއެވެ.

 މި ބޯޓުން ދަތުރުކުރި 7 މީހުން މިހާރުވަނީ ފުލުހުންގެ ބަންދުގައެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް މިއަދު ގެންދިޔުމުން ކޯޓުންވަނީ އެމީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިދީފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.