ފުލުހުންނާއި ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަންގައި 13 މީހުން ހައްޔަރުކޮށްފި

ފުލުހުންނާއި އެމްއެންޑީއެފް އިން ކުރިއަށްގެންދާ އޮޕަރޭޝަންގައި 13 މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލެ އަތޮޅާއި އައްޑޫގެ ސަރަހައްދު ތަކުގައި ޓެރަރިޒަމާ ދެކޮޅަށް ފަށާފައި ވާ އޮޕަރޭޝަނުގައި 13 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކައުންޓަރ ޓެރަރިޒަމް މި އޮޕަރޭޝަންގައި މިހާތަނަށް އައްޑޫ ސިޓީއިން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އަދިވެސް މި އޮޕަރޭޝަން ދަނީ ކުރިއަށް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.