އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަޙުޤީޤު ކުރަން ފަށައިފިން: ފުލުހުން

މޯލްޑިވިއަން ޑިމޮކްރަސީނެޓުވޯކު (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާއަށް ނިސްބަތްކޮށް އެކަށީގެންނުވާ ވާހަކަތައްކެއް ހިމެނި މައްސަލަ ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމައްސަލަ ޢާއްމުބައެއްގެ ފަރާތުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެފަހުން އިސްލާމިކް މިނިސްޓްރީންވެސް ވަނީ އެކަން ބަލައިދިނުމަށް އެދިވަޑައިގެންފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެބަޔާނުގައި ވިދާޅުވެފައިވަނީ މާތްވެގެންވާ އިސްލާމްދީނަށް "ތައުހީނު" ކުރުމުގެ ނިޔަތުގައި ދީނަށް ފާޑުކިއުމާއި އިސްލާމީ ޢަޤީދާގެ އިތުރަށް ދީނުގެ ޢާސާސްތަކަށް ފާޑުކިޔުމާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުންފަދަ ދީނާ އިދިކޮޅު އަމަލުތައް ވަރަށް ސީރިއަސްކަމެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

އެބަޔާނުގައި ވިދާޅުވެފައިވަނީ މިފަދަ އެހެން މައްސަލަތަކާ އެއްގޮތަށް މިމައްސަލަވެސް ވަރަށް ސީރިއަސްކޮށް ބެލުމަށްފަހު ޤާނޫނޫގޮތުން އެޅެންއޮތްހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. މި މައްސަލައަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދެވާނެ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ ބައްލަވަމުން ގެންދަވާކަންވެސް މިހާރުވާނީ ކަމާބެހޭ ފަރާތްތަކާ ޙިއްސާކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.