ރާއްޖޭގައި ބޮޑެތި ބަލިތައް އިތުރުވަމުންދާ ސަބަބުތައް ދެނެގަތުމަށް ދިރާސާ ކުރަނީ

ރާއްޖޭގައި ބޮޑެތި ބަލިތައް އިތުރުވަމުންދާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރަމުންދާ ކަމަށް، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގައި ހާޓް އެޓޭކާއި ކެންސަރު ފަދަ ބޮޑެތި ބަލިތައް އިތުރުވަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވައި، ބޮޑެތި ބަލިތައް މަދުކުރުމަށް އަޅާ ފިޔަވަޅުތަކާ މެދު ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ މި ދިރާސާ ހަދަނީ ޑަބްލިއުއެޗްއޯގެ ޓީމެއް އައިސްގެން ކަމަށެވެ.

މިފަދަ ބަލިތައް އިތުރުވާ މައްސަލައަކި ވަރަށް ސީރިއަސް އިޝޫ އެއް ކަމަށާއި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގައި ކެންސަރާއި ހާޓް އެޓޭކް ފަދަ ބަލިތައް އިތުރުވަމުން ދާއިރު، މިފަހުން ރާއްޖޭގައި ކުއްލި މަރު ވެސް ގިނަވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.