ސަރުކާރަށް މުހިންމީ ހަމައެކަނި ވޯޓެއް ނޫން: މަހްލޫފް

ސަރުކާރަށް މުހިންމީ ހަމައެކަނި ވޯޓު ނޫން ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ނ. މަގޫދޫގައި ކުރިއަށްދިޔަ ބައި އިލެކްޝަން ކެމްޕެއިން ޖަލްސާގައި މިނިސްޓަރ ވިދާޅުވީ ކުދި އާބާދީތަކުގެ ރަށްތަކުންވެސް ކަންކަން ބޭނުންވާނެކަން އިހްސާސްކުރެވޭ ކަމަށެވެ. އަދި މނިސްޓަރ ވަނީ އާބާދީ ކުޑަވުމުން މިސަރުކާރުން އެއްވެސް ރަށެއް ބާކީނުކުރާނެކަމަށް ތަކުރާރުކުރައްވާފަ އެވެ.

ޔޫތް މިނިސްޓަރ ވިދާޅުވީ އާބާދީ ކިތަންމެ ކުޑަ ރަށަކަށްވެސް، ޒުވާނުން މުނިފޫހިފިލުވާނެ މަރުކަޒުތަކާއި ޖިމް ފަދަ ތަންތަނާއި ބަނދަރު ފަދަ ޒަރޫރީ ބޭނުންތަކަށް މުހިންމު ޕްރޮޖެކްޓްތައް މުހިންމުވާނެކަމަށެވެ. އަދި އާބާދީ ކުދި ރަށްތަކުގައި އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދަނީ ކީއްވެގެންތޯ ވަރަށް ގިނަ ބަޔަކު ސުވާލުކުރާ ކަމަށާއި އަދި އާބާދީ ބޮޑެތި ރަށްތަކުގައި އެފަދަ މަޝްރޫއުތައް ކުރިއަށްގެންދިޔުމުން މާ ގިނަ ވޯޓު ލިބޭނެ ނޫންތޯ ވެސް މީހުން ބުނަމުންދާކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން މަގޫދޫގައި މިހާތަނަށް ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ އަގު 100 މިލިއަނަށް ވުރެ ބޮޑުވާނެ ކަމަށް އެރަށުގެ އެމްޑީޕީ ގޮފިން ބުނެއެވެ. އެގޮތުން އެރަށުގައި މިސްކިތަކާއި އައު އިންޖީނުގެއެއް މިސަރުކާރުން ވަނީ ތަރައްގީކޮށްފައެވެ. އަދި ކުނިކޮށި އެޅުމާއި ބަނދަރު ހެދުމުގެ މަޝްރޫއު މިހާރުވެސް އަންނަނީ ކުރިއަށް ގެންދަމުން ނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.