މުފްތީ މެންކް ރާއްޖޭގައި ދެއްވާ ލައިވް ލެކްޗަރ ސިލްސިލާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖޭގައި ދެއްވާ "މުފްތީ މެންކް އިން މޯލްޑިވްސް" ލެކްޗަރ ސީރީޒްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މުފްތީ މެންކް ރާއްޖެއަށް ވަޑައިގަންނަވާނީ އޮކްޓޫބަރު މަހުގެ 27 އިން 31 ނިޔަލަށެވެ. އަދި މި ދަތުރުފުޅުގައި މާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުޅުމާލޭގައި ލައިވް ދަރުސްތަކެއް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މި ހުކުރު ދުވަހުގައި މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނު އަލްއައުޒަމްގައި ހުކުރު ޚުތުބާވެސް ދެއްވާނެ އެވެ.

މިއީ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ހަތަރު ވަނަ ދަތުރުފުޅެވެ. މީގެ ކުރިން އެބޭފުޅާ ވަނީ 2015, 2016 އަދި 2020 ވަނަ އަހަރުތަކުގައި މާލެ ސަރަހައްދާއި ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީ ގައި ދީނީ ދަރުސް ދެއްވާފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގައި އިސްލާމީ ރިވެތި އަޚްލާޤު ކުރިއެރުވުމަށް ހިންގާ މިފަދަ ޕްރޮގްރާމްތަކާއި އިނީޝިއޭޓިވްތަކަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުންދިނުމަށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.