ރައީސުލްޖުމްހޫރިއްޔާ މިރޭ ގައުމާ މުޚާތަބު ކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިރޭ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެމަނިކުފާނު ގައުމާ މުހާތަނު ކުރައްވާނީ، މިރޭ 8:30 ގައި މި އަހަރުގެ ގައުމީ އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށް އަދި 3 ފަރާތަކަށް ދިނުމަށް ވަނީ ނިންމާފަ އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިލައްވާ 10 ބޭފުޅުންގެ ތެރެއިން 5 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.