ކާށިދޫގެ 'ސީނިއަރު' އަންހެން ބޭފުޅުން އެދުނީ ކާށިދޫގައި އެއާޕޯޓެއް އެޅުމަށް ރައީސަށް ދެންނެވުމަށް: ޖާބިރު

ކާށިދޫގެ 'ސީނިއަރު' އަންހެން ބޭފުޅުން އެދުނީ ކާށިދޫގައި އެއާޕޯޓެއް އެޅުމަށް ރައީސަށް ދެންނެވުމަށް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ދަނޑުވެރިކަމުގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް ކާށިދޫގައި ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ކާށިދޫ ރައްޔިތުންގެ ވާހަކަ ރައީސަށް ދެންނެވުމަކީ ޖާބިރުގެ ވާޖިބެއް ކަމަށާއި އެނޫން އެއްވެސް އެދުމެއް ނެތް ކަމަށެވެ.

ޖާބިރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކާށިދޫގެ ސިޔާސީ ތަޅުދަނޑި ހަދިޔާ ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެ 10 ބާރަވަރަކަށް ބާރަވަރަކަށް އަހަރުކުރިން ތަރައްޤީގައި ކާށިދޫ އޮތީ ވަރަށް ފަހަތުގައިކަން ފާހަގަކުރައްވާ ޖާބިރު ވަނީ ރައީސް ސޯލިހުގެ ސަރުކާރުން ކޮވިޑްގެ ދަތި ހާލަތުގައި ވެސް ކާށިދޫގެ ތަރައްޤީގެ ދެ މަޝްރޫއެއް ހިންގާ، ފުރިހަމަ ކުރަމުންދާތީ ޝުކުރު ދަންނަވާ ކަމަށެވެ.

ފެނާ ނަރުދަމާގެ ކަންކަން ފުރިހަމަވެގެން ދިއުމުން ކާށިދޫގެ ދަނޑުވެރިކަން އިތުރު ހަރުފަރަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ޓޫރިޒަމާއި މި އުފެއްދުންތެރިކަން ގުޅުވާލަންޖެހޭ ގޮތްތައް ވެސް ވިސްނަން ޖެހޭ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.

މިއާއެކު އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކ. ކާށިދޫގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް އެދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރ އަބުދުﷲ ޖާބިރު ވަނީ އެދިވަޑައިގެންފަ އެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.